ޑރ. އަހްމަދު ޝަހީދު
ޑރ. އަހްމަދު ޝަހީދު
ކޮންމެ ސަރުކަރަކުން ވެސް ބަލަނީ ބޮޑު ބުރިޖެއް ނޫނީ ބޮޑު އިމާރާތެއް އެޅޭތޯ ކަމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީދު ވިދާޅުވީ، އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށެވެ. އޭގެ ތެރޭގައި ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް ދިމާވާ މައްސަލަތައް ޝަހީދު ފާހަގަކުރެއްވިއެވެ. ޑރ. ޝަހީދު ވިދާޅުވީ، މިކަންކަން ހައްލުނުކޮށް ކޮންމެ ސަރުކާރަކުން ވެސް ބަލަނީ ބޮޑު ބުރިޖެއް ނޫނީ ބޮޑު އިމާރާތެއް އެޅޭތޯ ކަމަށެވެ.



އދ.ގެ ޚާއްސަ ރެޕެޓުއާގެ މަގާމުވެސް ފިރުއްވާ ޑރ. ޝަހީދު މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ މަންމަގެ އަނިޔާތަކުގެ ސަބަބުން މަރުވި އިބްތިހާލްގެ މަރާގުޅޭގޮތުން މީހަކު ކުރި ޓްވީޓަކަށް ތާއީދުކުރަށްވައި ކުރެއްވި ޓްވޯޓެއްގައެވެ.

"މި މައްސަލައިގާ (އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލަ) ދައުލަތުގެ އިހުމާލު އިންތިހާއަށް ބޮޑު، މި އާއިލާއަކީ ދައުލަތުގެ އިޖްތިމާއީ ޚިދުމަތުގެ ނިޒާމު ފޭލްވި އާއިލާއެއް، ރާއްޖޭގައި އޮތީ މީހުން ނިކަމެތި ވިޔަނުދިނުމަށް އުފައްދާފައިވާ ނިޒާމެއް ނޫން، މިނިޒާމަކީ ނިކަމެތިން އިތުރަށް ނިކަމެތިކުރާ ނިޒާމެއް." ހުމޭގެ ނަމުގައި ކުރި އެ ޓްވީޓްގައި ބުނެފައިވެއެވެ.

ވ. ރަކީދޫގައި އުމުރުން ތިން އަހަރުގައި މުހައްމަދު އިބްތިހާލަށްއަނިޔާކޮށް މަރާލިކަން އެކުއްޖާގެ މަންމަ، އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި، އޭނާ 20 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ކުރީ ކޮޅު، ގަސްތުގައި އިބްތިހާލް ނޭވާހާސްކޮށް، ހަށިގަނޑަށް އަތުންނާއި ފައިން އަނިޔާދީ އެ ކުއްޖާ މަރާލި މައްސަލައިގައި އާފިޔާގެ މައްޗަށް ކުރީ ގަސްދުގައި ކުޑަކުއްޖަކު މެރުމުގެ ދައުވާއާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.

މީގެ ކުރިން އާފިޔާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފުވެފަ އެވެ. އެގޮތުން އިބްތިހާލަށް އަނިޔާ ކުރި ގޮތް އޭނާ ވަނީ ބުދެއް ބޭނުންކޮށްގެން ފުލުހުންގެ ތަހުގީގަށްވެސް ކިޔައިދީފަ އެވެ. އަދި ޝަރީއަތުގެ މަޖިލީހުގައިވެސް އޭނާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފުވެފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އިއުތިރާފުން ރުޖޫއަވެފައެވެ.

އެ މައްސަލައިގައި އާފިޔާގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅީ އޭނާގެ ފިރިމީހާ، އިބްތިހާލްގެ ދޮން ބައްޕަ އެވެ. ނަމަވެސް އާފިޔާގެ ފިރިމީހާ ވެސް ހެކިބަސް ދީފައި ވަނީ އާފިޔާއާ ދެކޮޅަށެވެ.

އެ މައްސަލައިގައި ހޯމަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނެފައި ވަނީ ދައުލަތުން އާފިޔާގެ މައްޗަށް އިއްވި ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާ، ޝަރީއަތުން ބެލި ބެލުމުން، 2015 ވަނަ އަހަރުގެ ޖެނުއަރީ 28 ވަނަ ދުވަހު އިބްތިހާލްގެ ނޭވާ ހާސްކުރުމުގެ ގޮތުން، އިބްތިހާލުގެ ކަރަށް ފިތާ ބާރުކޮށް ނޭވާހާސްކޮށް، އިބްތިހާލްގެ މޭ މަތީގައި އާފިޔާގެ ދަށް ފައިން ވަރަށް ބާރަށް ތިން ފަހަރު ޖަހާފައި ވާތީ އާއި އިބްތިހާލަށް ދީފައިވާ އަނިޔާތަކުގެ ސަބަބުން އެ ދުވަހުގެ 12:00 ހާއިރު އިބްތިހާލް މަރުވެފައިވާކަން ސާބިތުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން