މާލޭ ސިޓީ މަތިން ނަގާފައިވާ ފޮޓޯއެއް
މާލޭ ސިޓީ މަތިން ނަގާފައިވާ ފޮޓޯއެއް
އަންނަ ހުކުރު ދުވަހުގެ ހަވީރު،، މާލެއާއި ވިލިމާލޭގެ މަގުތަކުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަސް ކަމަށްވާ ހުކުރު ދުވަހު، ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް، މާލެ އާއި ވިލިމާލޭގެ މަގުތަކުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާވާނެ ކަމަށެވެ. އެގޮތަށް ހަމަޖެއްސީ، އާއްމު ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދިނުމަށްޓަކައި ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

އާ އަހަރު ފެށޭ ދުވަހު ވަކި ވަގުތެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރި ނަމަވެސް އެގަޑީގައި ވެސް ބައެއް އުޅަނދުތައް އިސްތިސްނާވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި އެމްބިއުލާންސާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ސައިކަލާއި ބަހުގެ ހިދުމަތުގެ އިތުރުން، ހާއްސަ ހުއްދައެއްގެ ދަށުން ދުއްވާ އުޅަނދުތަކެވެ.

ސިޓީ ކައުންސިލްގެ މި އެންގުމާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

ހާއްސަ ދުވަސް ދުވަހާ ގުޅިގެން، މާލޭގައި ބައެއް ވަގުތުތަކުގައި ވެހިކަލް ދުއްވުން މީގެ ކުރިން ވެސް މަނާ ކުރެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން