އާދަމް ޝަރީފު އުމަރު
އާދަމް ޝަރީފު އުމަރު
އިސްލާމް ދީން ނޫން ދީނަކަށް ދިވެހިރާއްޖޭގައި ޖާގަނުދެވޭނެ ކަމަށާއި އެފަދަ ކަމަކާ މަޝްވަރާ ކުރެވޭ ނަމަ އެކަން ހުއްޓުވަން ނުކުންނާނެ ކަމުގެ އިންޒާރު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ދެއްވައިފިއެވެ.

އާދަމް ޝަރީފް މިފަދަ މޭރުަކުން ވާހަކަ ދައްކަވާފައި މިވަނީ، އެހެން ދީންތަކަށް އިހްތިރާމް ކުރަންޖެހޭ ކަމަށްބުނެ، ރައްޔިތުންނަށް އޮޅުވާލައިގެން އެހެންދީންތަކަށް ރާއްޖޭގައި ފުރުސަތު ދިނުމަށް މުޒާހަރާ ކުރުމަށް ރާވަމުން ދާކަމަށް އިސްލާމް ދީނުގެ ޢިލްމްވެރިޔާ ޝައިޚް އިލިޔާސް ވިދާޅުވެފައިވާ "ރަސް އޮންލައިން" ޚަބަރާއެކު ކުރަށްވާފައިވާ ޓްވީޓެއްގައެވެ.

ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، ހަރުކަށި ފިކުރާއި އިސްލާމްދީނާ ދެކޮޅު ފިކުރުތަކަށް ޖާގަ ނުދެވޭނެ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރަން މަޝަވަރާ ކުރަން ވެސް ޖާގަނުދެވޭނެ ކަމަށެވެ.

ޝައިޚް އިލިޔާސް މިފަދަ ވާހަކަފުޅެއް ދައްކަވައި ރައްޔިތުންގެ ސަމާލުކަމަށް މިކަން ގެނަސްފައި މިވަނީ ދީނީ ހަރުކަށިކަމާއި ދެކޮޅު އަދި އެހެން ދީންތަކަށް އިހްތިރާމް ކުރަންޖެހޭ، ކަމަށް ގޮވާލާ ބޮޑު މުޒާހަރާއެއް ބޭއްވުމަށް ރައީސް ނަޝީދު މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް އަޑުފެތުރިފައި ވާތީ އެކަމަށް އިޝާރާތް ކުރަށްވައެވެ. ރައީސް ނަޝީދުގެ މި ޚިޔާލުފުޅު އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕްގެ ތެރޭގައި ހިއްސާ ކުރަށްވާފައިވާ ކަމަށްވެސް "ރަސް އޮންލައިން" އަށް އެނގިފައި ވެއެވެ. އަދި މިކަމަށް އިދިކޮޅު ފަރާތްތަކުގެ ތާއީދު ހޯއްދެވުމަށް އިދިކޮޅު ޕާލިމެންޓް މެންބަރުންނަށް ވެސް މި މެސެޖް ފޮނުއްވާފައިވާކަން މި ނޫހަށްވަނީ ކަށަވަރުވެފައެވެ.



"ބޮޑު އޮޅުވާލުމެއް. ދީނީ ހަރުކަށިކަމާއި ދެކޮޅު، އެހެން ދީންތަކަށް އިހްތިރާމް ކުރަންޖެހޭ، މިނަމުގައި މުޒާހަރާ ކުރިޔަސް މި ފަސްގަނޑުގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ދިވެހި ރައްޔިތުން ފުރުސަތެއް ނުދޭނެ إن شاء الله މިފަދަ ނުބައި ރޭވުންތަކުގައި ރައްޔިތުން ބައިވެރި ނުވުމަށް ދަންނަވަން." ޝެއިޚް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ޝައިޚް އިލިޔާސްގެ މިޓްވީޓަށް ތާއީދު ކުރަށްވައި ޑރ. މުހައްމަދު އިޔާޒް ވެސް ވިދާޅުވެފައި ވަނީ ކިތަންމެ ބޮޑު މުޒާހަރާއެއް ކުރިޔަސް އެބައިމީހުންނަށް ކާމިޔާބު ނުވާނެ ކަމަށެވެ.

ރައީސް ނަޝީދު މިފަފަ ޚިޔާލުފުޅެއް ފާޅުކުރަށްވާފައި މިވަނީ ނަޞާރާ ދީނުގެ މީހުން ފާހަގަކުރާ ކްރިސްމަސް ޢީދާ ގުޅިވެން އެދުވަސް ފާހަގަކުރާ ފަރާތްތަކަށް ރައީސް ނަޝީދު ތަހުނިޔާ ފޮނުއްވުމާއި ގުޅިގެން ރާއްޖޭގެ އިސްލާމް ދީނުގެ ޢިލްމްވެރިންގެ މެދުގައި ވަރުގަދަ ބަހުސެއް ފެށި ބޮޑު ދީނީ ދެބަސްވުމަކަށް ގޮސްފައި ވަނިކޮށެވެ.

މިމައްސަލައިގައި ބައެއް ޢިލްމްވެރިން ރައީސް ނަޝީދާއި ދެކޮޅަށް ދީނީ ފަތުވާ ނުވަތަ ރަޢުޔު ނެރެމުންދާއިރު ބައެއް ޢިލްމްވެރިންގެ ރަޢުޔަކީ އެއީ ދީން މަނާކުރާ ކަމެއް ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން