ރާއްޖެ އެތެރެކުރާ އެންމެ މަގުބޫލު ސުޕާރި
ރާއްޖެ އެތެރެކުރާ އެންމެ މަގުބޫލު ސުޕާރި
އެއްފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕުލާސްޓިކް ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަނާކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން 2021 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މަނާ ކުރާ 12 ބާވަތުގެ ތެރޭގައި ރާއްޖޭގެ ޒުވާނުން އެންމެ ގިނައިން ބޭނުންކުރާ ސުޕާރީވަނީ ހިމަނާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާ، އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕުލާސްޓިކުގެ 12 ބާވަތުގެ ތެރޭގައި ސްޕާރީގެ އިތުރުން ހިމަނާފައިވަނީ ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި، ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު، ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު، ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ، 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި، ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު، 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި، ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް) ހިމެނެއެވެ.

އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކަކީ ތިމާވެއްޓަށް އެންމެ ބޮޑު ނުރައްކާވާ ބާވަތްތައް ކަމަށް ވާއިރު، ސަރުކާރުން މިހާރު ވެސް ދަނީ އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރަން ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ. އޭގެތެރޭގައި ސަރުކާރުގެ އޮފީސްތަކުގައި ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލުން ހިމެނެއެވެ.

ސުޕާރީ އެތެރެކުރުން މަނާކުރުމަކީ ޚާއްޞަކޮށް ދެޖިންސްގެ ދިވެހި ޒުވާނުންގެ ސިއްހަތަށްވެސް ވަރަށް ފައިދާހުރި ކަމެއް ކަމުގައި ވެގެންދާނެއެވެ. ސުޕާރީއަކީ ޒުވާނުން އެންމެ ގިނައިން ބޭނުން ކުރާ ސިއްހަތަށް އެއިން ގިނަ ގެއްލުންތަކެއް ލިބޭއެއްޗެއްކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-12

ފޮނި ތޮށި

02-Jan-2021

ކިލޯ ކިރައިގެން ނަމަވެސް މި ރާއްޖޭގަ ދެން ވެސް ސުޕާރީ ވިއްކާނެ ހަމަ. ނޯ ވޮރީސް.


-4

ހައިލަމް

02-Jan-2021

ހަ........އި.........ލަ...........މް..........? ަަެަަަަެަަަެަަަަެަަެަަަަެަަަެަަަަަަެަަަަެަަަެަަަަެަަެަަަަެަަަެަ. ހައިލަމް އެ ކޮންޗެއް?


5

މައި

31-Dec-2020

ވީމާ އެނގި ހާމަވަނީ އޭރުވެސް މިހާރުވެސް ހައިލަމަކީ ސިޔާސީ މީހެއްކަން. ފަނޑިޔާރުކަމަށް ކުފޫ ހަމަނުވާކަން.



ޓްރެންޑިން