މީޖީ ހުސައިން ޝަމީމް މަޖިލީހުގެ ކޮމިޓީއެއްގައި
މީޖީ ހުސައިން ޝަމީމް މަޖިލީހުގެ ކޮމިޓީއެއްގައި
ރުހުމާނުލައި ގަޔަށް އަތްލައިގެން "ފަރުވާ" ކުރުމަކީ ދީނެއްވެސް ޤާނޫނެއްވެސް ދަންނަ ކަމެއް ނޫން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ), ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިފަދައިން ވިދާޅުވެފައި މިވަނީ ރ. ދުވާފަރުގައި ރުޤުޔާ ކުރުމުގެ ނަމުގައި އާއިލާއެއް ރަހީނުކޮށްގެން ޖިންސީ އަދި ޖިސްމާނީ ކުރި މައްސަލައަށް ޢިޝާރަތް ކުރަށްވައެވެ. ޕީޖީ ވިދާޅުވީ ރުޤްޔާ ކުރުމޭ ކިޔައިގެން ކުރީ ޖިސްމާނީ އަދި ޖިންސީ އަނިޔާ ކަމަށެވެ. އަދި މީހެއްގެ ރުހުމާނުލައި ގަޔަށް އަތްލައިގެން "ފަރުވާ" ކުރުމަކީ ދީނުގައި ވެސް އަދި ޤާނޫނުގައިވެސް ހުއްދަ ކަމެއް ނޫން ކަމަށް ޕީޖީ ވިދާޅުވިއެވެ.



"މިމައްސަލައިގައި ޖިންސީ ކުށުގެ ޤާނޫނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ޤާނޫނުގެ ދަށުން ދަޢުވާ ކޮށްފިން" ޝަމީމް ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުވާކޮށްފައިވަނީ، ރ. ކަނދޮޅުދޫ، މިރިހިމާގެ، އިސްމާޢީލް ވަޙީދުގެ މައްޗަށާއި، ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުޙައްމަދު އަޞީލްގެ މައްޗަށެވެ.

އެ މައްސަލާގައި ވަހީދަށް ކުރާ ދައުވާތަކަކީ، ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދަޢުވާ، މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯރޓްނުކުރުމުގެ ކުށުގެ ދަޢުވާ، ގައިގާ އަތްލުމުގެ ކުށުގެ 2 ދަޢުވާގެ އިތުރުން ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށުގެ ދަޢުވާއެވެ.

މައްސަލާގައި އަސީލަށް ކުރާ ދައުވާތަކަކީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ، ގައިގާ އަތްލުމުގެ ކުށުގެ ދަޢުވާ، އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ، ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދަޢުވާ، ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދަޢުވާގެ އިތުރުން ކުޑަކުއްޖެއްގެ ޙާޟިރުގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ޤަބޫލުކޮށްގެން ޖިންސީ ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގައި ފުލުހުން ބުނީ، ފަހަކަށް އައިސް ގިނަ ކުށްތަކަށް މީހުން އަރައިގަނެފައިވަނީ އެ ކުށް ކުރުމަކީ ދީނީ އަގީދާގެ ބައެއް ގޮތުގައި ދެކިގެން ކުރާ ކަންތައްތައް ކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު


16

އަޙްމަދް

02-Jan-2021

އެކަމަކު ޤާނޫނޫ ބަހަނާއަކަށް ހަދައިގެން މަޖްބޫރުކޮއްގެން ރުހުމާއި ނުލާ ގަޔަތް އަތްލައިގެން ވެކްސިންޖަހުވައެވެ.



ޓްރެންޑިން