ލ. މާވަށުގައި ބަނަދަރު ހެދުމުގެ މަސައްކަތް ކާމިޔާކަމާއެކު ނިންމާލައިފިއެވެ.
މި މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.
އެ ރަށުގެ ބަނދަރު މަސައްކަތް ނިމުނުކަން އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވަނީ އިއުލާންކުރަށްވާފައެވެ. އޭނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި މަސައްކަތުގެ ތަފްސީލް ހިއްސާކުރަށްވާފައިވެއެވެ.
މި އަހަރުގެ އޭޕްރީލްމަހުގެ 7 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުއަކީ 27.3 މިލިއަން ރުފިޔާއަގެ މަޝްރޫޢުއެކެވެ.
އެމްޓީސީސީން ބުނީ މަޝްރޫޢުގެ މަސައްކަތުގެ ސައްތައިންސައްތަ ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 26،885 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރިއިރު, 284 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލައިފައި ވެއެވެ.
އޭގެ އިތުރުން 40 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި 110 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލައިފައިވެއެވެ. އަދި 550 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ވެސް ވަނީ އެއްކޮށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު