އިތުރު ގަވާއިދުތައް ހެދުމުގެ ކުރިން ހެދިފައިހުރި ގަވާއިދުތައް ހިންގޭނެ ގޮތް ހެދުން މުހިއްމު ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު އާރިފް (އާއްޓޭ) ވިދާޅުވެއްޖެއެވެ.

އާރްޓޭ މިހެން ވިދާޅުވެފައިވަނީ އިމްޕޯޓް ކުރާ ބައެއް ބާވަތްތަކަށް ޑިއުޓީ ނަގާ އުސޫލާމެދު ހިތްހަމަޖެހިވަޑައި ނުގެން ކުރެއްވި ޓްވީޓެއްގައެވެ. އާއްޓޭވަނީ ޑިއުޓީ ފްރީ ކަމަށް ބުނާ ބާވަތަކުން ކަސްޓްމުން 200 އިންސައްތަ ޑިއުޓީ ނަގާ މައްސަލައެއް ފެންމަތި ކުރަށްވާފައެވެ. އަދި އީޕީއޭއިން ގަވާޢިދެއް ނުހެދިގެން ކަސްޓަމުން މުދާ ޗެކް ނުކުރެވިގެން އެކަމުގެ ކަންބޮޑުވުން ވެސް އާއްޓޭވަނީ ފާޅުކުރަށްވާފައެވެ.



"100% ކޮމްޕޮސްޓޭބަލް އައިޓަމް ޑިއުޓީ ފްރީ. އެކަމަކު މި އައިޓަމް (ޓްވީޓާއެކު ހިމަނާފައިވާ ފޮޓޯއިން ފެންނަ އައިޓަމް) ގެންނައިމަ ކަސްޓަމްސުން 200%ޑިއުޓީ ނަގާ. އީޕީއޭ އަށް އަދިވެސް ގަވާއިދު އެކުލަވާ ނުލެވޭ. ކަސްޓަމްސުން މުދާ ޗެކް ކުރެވޭ ގޮތެއް ނެތް. އިތުރު ގަވާއިދުތައް ހެދުމުގެ ކުރިން ހެދިފައި ހުރި ގަވާއިދުތައް ހިންގޭނެ ގޮތް ހެދުން މުހިއްމު." އާއްޓޭ ވިދާޅުވެފައިވެއެވެ.



މަޝްހޫރު ލޮޓަސް ފިހާރައިގެ ވެރިޔާ، އާއްޓޭ ވިދާޅުވީ ކޮމްޕޯސްޓަބަލް ބާވަތްތަކަކީ ޑިއުޓީ ފްރީކޮށްދީފައިވާ ބާވަތް ތަކެއް ކަމަށެވެ. ނަމަވެސް އެފަދަ ބާވަތެއް އެތެރެ ކުރުމުން ކަސްޓަމުން 200 ޕަސެންޓް ޑިއުޓީ ނަގަމުންދާ ކަމަށް ވެސް އާއްޓޭ ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން