ރައްޔިތުންގެ ބޭނުންތައް ފުއްދައި ދައުލަތް ހިންގުމަށްޓަކައި ޓެކުހަކީ ހުއްދަ އެއްޗެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ، ޓެކުހަކީ ކަނޑައެޅިގެން ހަރާމް އެއްޗެއް ކަމަށް ރާއްޖޭގެ އިސްލާމް ދީނުގެ އިލްމުވެރިޔާ އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝެއިޚް އިލްޔާސް ޖަމާލް ވިދާޅުވުމުން އެކަމަށް ރަށްދު ދެއްވައި ކުރެއްވި ޓްވީޓްގައެވެ.
ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ ބޭނުންތައް ފުއްދައި ދައުލަތް ހިންގުމަށްޓަކައި ޓެކްސް ނެގުމަކީ ހުއްދަކަމެއް ކަމަށާއި ޓެކްސްގެ ނިޒާމަކީ އިސްލާމީ ތާރީޚުގައި ކުރީއްސުރެ ތަޢާރުފްވެފައިވާ މާލީ ނިޒާމެއް ކަމަށެވެ. ދައުލަތުގެ ވާޖިބަކަށްވާންވާނީ ޤައުމާއި ރައްޔިތުންގެ މަންފާ ހުރިމަގުން ޢަދުލުވެރިގޮތުގައި ޓެކްސްގެ ބޭނުންކުރުން ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
މިހާރު ދައުރުވަމުންދާ އިލްޔާސް ޖަމާލްގެ ވީޑިއޯއެއްގައި، ވިދާޅުވަނީ، ޓެކްސް ނެގުން ހަރާމް ކަމަށް އިލްމުވެރިންގެ އިއްތިހާދުން ސާބިތުވާ ކަމަށެވެ. އެކި ނަންނަމުގައި ނަގާ ޓެކުހަކީ ކަނޑައެޅިގެން ހަރާމް އެއްޗެއް ކަމަށް ޝެއިޚް ތަކުރާރުކޮށް ވިދާޅުވެއެވެ. އަދި މުކްސްގެ ވެރިޔަކު ސުވަރުގެ ނުވަންނާނެ ކަމަށް ރަސޫލާ ހަދީޘްކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާގެ މިވާހަކަތަކަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެމީހުން ބުނަނީ މުކްސައަކީ ކޯޗެއްކަން ވެސް އޭނާއަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެވަރު މީހުން ދައްކާ ވާހަކަ ގަބޫލުކުރާނީ ކިހިނެއްތޯ ވެސް ބައެއް މީހުން ސުވާލު އުފައްދާފައި ވެއެވެ.

ރައްޔިތުންގެ ބޭނުންތައް ފުއްދައި ދައުލަތް ހިންގުމަށްޓަކައި ޓެކްސް ނެގުމަކީ ހުއްދަކަމެއް. ޓެކްސްގެ ނިޒާމަކީ އިސްލާމީ ތާރީޚުގައި ކުރީއްސުރެ ތަޢާރުފްވެފައިވާ މާލީ ނިޒާމެއް. ދައުލަތުގެ ވާޖިބަކަށްވާންވާނީ ޤައުމާއި ރައްޔިތުންގެ މަންފާ ހުރިމަގުން ޢަދުލުވެރިގޮތުގައި ޓެކްސްގެ ބޭނުންކުރުން
— Mohamed Shaheem Ali Saeed (@Mohamedshaheem1) December 31, 2020
މިހާރު ދައުރުވަމުންދާ އިލްޔާސް ޖަމާލްގެ ވީޑިއޯއެއްގައި، ވިދާޅުވަނީ، ޓެކްސް ނެގުން ހަރާމް ކަމަށް އިލްމުވެރިންގެ އިއްތިހާދުން ސާބިތުވާ ކަމަށެވެ. އެކި ނަންނަމުގައި ނަގާ ޓެކުހަކީ ކަނޑައެޅިގެން ހަރާމް އެއްޗެއް ކަމަށް ޝެއިޚް ތަކުރާރުކޮށް ވިދާޅުވެއެވެ. އަދި މުކްސްގެ ވެރިޔަކު ސުވަރުގެ ނުވަންނާނެ ކަމަށް ރަސޫލާ ހަދީޘްކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާގެ މިވާހަކަތަކަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެމީހުން ބުނަނީ މުކްސައަކީ ކޯޗެއްކަން ވެސް އޭނާއަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެވަރު މީހުން ދައްކާ ވާހަކަ ގަބޫލުކުރާނީ ކިހިނެއްތޯ ވެސް ބައެއް މީހުން ސުވާލު އުފައްދާފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު