އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝައިޚް އިލްޔާސް ޖަމާލަކީ ދައުލަތަށް ނަގާ ޓެކްސްފައިސާއިން މުސާރަ ނަންގަވާ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ވައްޑެ މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ އިސްލާމް ދީނުގެ އިލްމުވެރިޔާ އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝެއިޚް އިލްޔާސް ޖަމާލް ޓެކުހަކީ ކަނޑައެޅިގެން ހަރާމް އެއްޗެއް ކަމަށް ވިދާޅުވާ ވީޑިއޯއެއް ޓްވިޓާރގައި ހިއްސާކުރަށްވަމުންނެވެ.
"ދައުލަތަށް ނަގާ ޓެކްސްއިން މުސާރަ ނަންގަވާ ބޭފުޅެއް. ޓެކްސް ހަރާމްއިރު ޓެކްސް ފައިސާއިން ތި ނަންގަވާ މުސާރަ ހަލާލު ތިޔަކުރައްވަަނީ ކޮން ބާވަތެއްގެ ދޮވުމަކުން ދޮވެގެންތޯ؟" ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
މި ވީޑިއޯގައި ޝައިޚް އިލްޔާސް ޖަމާލް ވިދާޅުވެފައިވަނީ ޓެކްސް ނެގުން ހަރާމް ކަމަށް އިލްމުވެރިންގެ އިއްތިހާދުން ސާބިތުވާ ކަމަށެވެ. އެކި ނަންނަމުގައި ނަގާ ޓެކުހަކީ ކަނޑައެޅިގެން ހަރާމް އެއްޗެއް ކަމަށް ޝައިޚް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ. އަދި މުކްސްގެ ވެރިޔަކު ސުވަރުގެ ނުވަންނާނެ ކަމަށް ރަސޫލާ ހަދީޘްކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރަށްވާ އަލްހާން ފަހުމީ ވެސް ވަނީ ޓެކްސް ޙަރާމްކަމަށް ބުނަނީ ޓެކުހަކީ ކީއްކުރަން ނަގާ ކޮން އެއްޗެއްކަންވެސް ނޭނގޭތީ ކަމަށް ވިދާޅުވެ، ޓެކުހާ ދެކޮޅަށް ވާހަކަ ދައްކަވާ އިސްލާމް ދީނުގެ އިލްމުވެރިޔާ ޝައިޚް ޖަމާލަށް ބަހުގެ ހަމަލާއެއް ވެސް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު