ޑރ ޖަމީލް
ޑރ ޖަމީލް
މި ފާއިއިތުވި އަހަރުދުވަސް ސަރުކަރުން ނިންމާލީ ހުސްވާހަކަ ދެއްކުމުގައި ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މި މޭރުމުން ވިދާޅުވީ، ސަރުކަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ޔާމިންގެ ފުރަތަމަ ނާއިބް ރައީސް ޑރ. ޖަމީލަކީ ރައީސް ޔާމީންގެ ސަރުކާރު ނިމުމަކަށް ގެނައުމުގައި އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ރައީސް ޔާމިންގެ ނާއިބް ރައީސް ކަމުން ޑރ. ޖަމީލު ދުރުކުރީ ބޮޑެތި ތުހުމަތު ތަކަކާއެކު މަޖިލީހުން އިތުބާރު ނެތްކަމަށް ނިމްމައިގެންނެވެ.

ރައީސް ޔާމީންގެ ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ ޑރ. ޖަމީލަކީ މިހާރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.

ޖަމީލް ވިދާޅުވީ، އެންމެން ހާލުގައިޖެހިއްޖެ ކަމަށާއި މަސްވެރިންނަށްވީ ވަޢުދު ފުއްދަން ހެދީ ދެކޮޅު ކަމަށެވެ. އަދި މިސަރުކާރަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ނުގެންދެވޭކަމަށް ވިދާޅުވުމުގެ ގޮތުން ޖަމީލު ވިދާޅުވީ، ހުޅުމާލޭގައި އެންމެ ގާކޮޅެއްވެސް އަލަށް ނުބޭއްވޭ ކަމަށެވެ.



ޖަމީލް އިތުރަށް ވިދާޅުވީ، "މުޅި ސަރުކާރުގެ ކުންފުނިތައް ބަވަނަވީ ކޮރަޕްޝަނުން" ކަމަށާއި 5 އަހަރު ވެރިކަން ކުރެއްވި ވެރިއަކު އޮންނެވީ ޖަލުގައި ކަމަށެވެ.

"ބޮޑު ދެ މުޖްރިމުން ގޭގައި. އެސެޓް ރިކަވަރީގެ ނަމުގައި ހެދި ކޮމިޝަނަށް އަދިވެސް އެއްވެސް އެސެޓެއް ރިކަވައެއް ނުވޭ. އެއްވެސް މަރަކަށް އިންޞާފެއް ނުލިބޭ. ރީތި ނަމުގެ ބަދަލުގައި ރައީސަށް ނެންގެވެން އޮތީ ހުސް ބްލޭމް." އަހަރު ނިންމާލުމުގެ ގޮތުން ސަރުކާރުގެ ދޯދިޔާ ކަންކަން ފާހަގަކުރަށްވައި ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

އަހަރެއް ނިމިގެން ދިޔައިރު މި ސަރުކަރަށް އެއްވެސް ކަމެއް ނުވާކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ ޑރ. ޖަމީލު ވިދާޅުވި ނަމަވެސް ސަރުކާރުން ބުނަމުންދަނީ މިއަހަރު ފެށުނީއްސުރެ ކޯވިޑްގެ ސަބަބުން ގައުމުގެ އިގްތިޞާދު ހުއްޓިފައި އޮތް އިރުވެސް ސަރުކާރުން އެއްވެސް މަޝްރޫޢެއް ހުއްޓާނުލައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން