ޖޭއެސްސީގެ މެންބަރުން
ޖޭއެސްސީގެ މެންބަރުން
ބ އަތޮލޫ ގޮއިދޫ، މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރުގެ ސުލޫކީ މައްސަލައެއް ބެލުމަށް، ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.

ޖޭއެސްސީއިން ނެރުނު ބަޔާނެއްގައި ބުނީ، ބ އަތޮޅު ގޮއިދޫ، މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަހުމަދު ނިޝާރު އައްޔަންކޮށްފައިވާ، ކޯޓަށް ގަވައިދުން ނުނިކުންނަވާ، އެހެން މެޖިސްޓްރޭޓް ކޯޓަކަށް ނިކުންނަވާކަމަށް ބުނާ މައްސަލައެއް އެކޮމިޝަނަށް ހުށައެޅިފައިވާތީ އެމައްސަލަ ބެލުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އެގޮތުން، އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަހުމަދު ނިޝާރުގެ ސުލޫކީ މިމައްސަލަ، ބެލުމަށް ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެކޮމިޝަނުން ބޭއްވި ޖަލްސާގައި ތަހުގީގު ކޮމިޓީ، އެކުލަވާ ލާފައިވާ ކަމަށް ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ވެރިކަމަށް އައުމަށްފަހު، ގާޒީންގެ މިފަދަ މައްސަލަތައް ބަލާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ ޖޭއެސްސީން ބަލަނީ އެމްޑީޕީގެ މަސްލަހަތު ހިމެނޭ ފަނޑިޔާރުންގެ މައްސަލަތައް ކަމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ޝަރީއަތް ހިނގަމުން ދިޔައިރު ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނޭ އިސް ފަރާތްތަކާއި ރައީސް ނަޝީދު ޖޭއެސްސީގައި ތިއްބަވައިގެން ކުރަށްވާ މަސައްކަތަކީ ބަދަލު ހިފުން ކަމުގައި އިދިކޮޅު ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން