ސުޕާރީ މަނައެއް ނޫން ކަމަށާއި ސުޕާރީގެ ޕެކިން ބަދަލުކުރުމުން ބޭނުންކުރެވޭނެ ކަމަށް ކުރީގެ ރައީސް އަދި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އެއްފަހަރު ބޭނުންކޮށް އުކާލާ ޒާތުގެ ޕްލާސްޓިކުް ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަނާކުރުމަށް ނިންމާފައިވާ ނިންމުމުގެ ދަށުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހާއި ގުޅިގެން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް ރާއްޖެ އެތެރެ ކުރުން މަނާކުރި އިރު އޭގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުގައި ބަންދުކޮށްފައި ހުންނަ ސުޕާރީ ރާއްޖެ އެތެރެކުރުން މަނާ ކުރުމާއި ގުޅިގެން ޚާއްޞަކޮށް ޒުވާނުންގެ ފާޑުކިއުން އަމާޒުވެފައިވާތީ އެކަމަށް ޖަވާބު ދެއްވުމުގެ ގޮތުންނެވެ.

"ޕްލާސްޓިކް މަދުކުރުމަށް ގެނެވުނު ގާނޫނީ ބަދަލުތައް ތަންފީޒް ކޮށްދެއްވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މަރުހަބާ. ސުޕާރީ މަނައެއް ނޫން އެހެނަސް އޭގެ ޕެކިން ބަދަލުކުރީމަ ބޭނުން ކުރެވޭނެ." ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި އެއް ފަހަރު ބޭނުންކޮށް އުކާލާ ޒާތުގެ ޕުލާސްޓިކުގެ 12 ބާވަތް ހިމެނެއެވެ. އޭގެތެރޭގައި ސުޕާރީގެ އިތުރުން، ޖޫން 2021 އިން ފެށިގެން މަނާވާ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރޭގައި، ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި، ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު، ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު، 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި، ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު، 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި، ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް) ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން