ދަތި އުދަނގޫ އަހަރެއް ނިމިގެން މިދިޔައީ ރައްޔިތުންގެ ހައްގުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރިއަށް ވަޑައިގަންނަވާތީ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު (ރީކޯ) ރައީސް ޞާލިޙަށް ޝުކުރު އަދާކުރަށްވައި ތަޢުރީފް ކުރަށްވައިފިއެވެ.

ރީކޯމޫސަ ވިދާޅުވީ މުޅި ދުނިޔެ ހުއްޓިފައިވާ ދަތި އުނދަގޫ އަހަރެއް ނިމިގެން މިދިޔައީ ކެތްތެރިކަމާއެކު ކަންކަން އިންތިޒާމު ކުރަށްވައި ގައުމާއި ރައްޔިތުންގެ ހައްގުގައި ފަސް ޖެހިވަޑައިގެންނެވުމެއް ނެތި ރައީސް ޞާލިޙު ކުރިއަށް ވަޑައިގެންނެވުމުން ކަމަށެވެ.

"މުޅި ދުނިޔެ ހުއްޓިި، ދަތި އުދަނގޫ އަހަރެއް ނިމިގެން މިދިޔައީ، ކެތްތެރިކަމާއެކު ކަންކަން އިންތިޒާމް ކުރަމުން ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރިއަށް ވަޑައިގަންނަވާތީ ވަރަށް ބޮޑަށް ޝުކުރުދަންނަވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް. 2021 ވަނަ އަހަރަކީ ފާގަތި އަހަރެއް ކަމުގައި ލައްވާށި. އާމީން." ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ރީކޯ މޫސަ ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތަޢުރީފް ކުރަށްވައި މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާއިރު އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މި ސަރުކާރުން މިއަހަރު ނިންމާލީ ހުސް ވައި އަނގަ ތެޅުމުގައި ކަމަށެވެ. އަދި ބަޖެޓާއި އާމްދަނީ މެނޭޖް ނުކުރެވި ކޮރަޕްޝަނާއި ވައްކަން އިތުރުވެ ގައުމު ހިންގުން މުޅިން ބޮއްސުންލާފައިވާ ކަމަށް 2020 ވަނަ އަހަރުގެ ސަރުކާރުގެ ދުވެއްޔާއި ހިންގުން ސިފަ ކުރަމުން އިދިކޮޅު ފަރާތްތަކުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން