ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމަށްޓަކައި ދިވެހިސަރުކާރާއި ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރއާ ދެމެދު އެއްބަސް ވުމެއްގައި ސޮއިކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ވެކްސިން ހޯދުމަށް މިފަދަ އެއްބަސްވުމެއްގައި ސޮއިކުރަން ސަރުކާރުން ނިންމީ މިވެކްސިނަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށްވެސް ބޭނުންޖެހިފައިވާ ވެކްސިނަކަށްވުމާއި، އެ ވެކްސިން މިވަގުތު ވަކި ބައެއްގެ ފަރާތުން މެނުވީ ލިބެން ނެތުމުގެ ސަބަބުން ކަމަށެވެ.

"އެ ވެކްސިން މުޅި ދުނިޔޭގައިވެސް ދޫކުރަމުންދަނީ ޕްރޮކިއުމަންޓުގެ ޚާއްޞަ އުޞޫލުތަކެއްގެ ދަށުން ކަމުގައިވީހިނދު، އަދި ކޮވިޑް-19 އިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމުގެ ގޮތުން މި އެއްބަސްވުމުގައި ސޮއިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނިންމީއެވެ." ފިނޭސްސްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ވެކްސިން ހޯދުމަށް އެސްޓްރާޒެނެކާ ސިންގަޕޯރއާއި އެކުގައި ސޮއިކޮށް މިޚަރަދު ކުރަން ނިންމީ މާލިއްޔަތުގެ ގަވާޢިދުގެ ހަތަރު މާއްދާއަކަށް ވަގުތީ ގޮތުން އަމަލު ނުކުރުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ގަރާރެއްވެސް ނެރުއްވާފައެވެ.

"އަދި މި ޤަރާރުގައި ފާހަގަކޮށްފައިވާ މާއްދާތަކަށް ޢަމަލު ކުރަން ނުޖެހޭ ގޮތަށް ނިންމާފައިވަނީ ހަމައެކަނި ވެކްސިން ގަތުމަށްޓަކައި އެސްޓްރާޒެނެކާއާއެކު ސޮއިކުރެވޭ އެއްބަސްވުމާ ގުޅޭގޮތުން އެ އެއްބަސްވުމުގެ މުއްދަތަށް ކަމާއި، އެ އެއްބަސްވުމުގެ މުއްދަތުގައި އެކަންކަމާ ގުޅޭގޮތުން އުލުކުރަންވާނީ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފަދައިން ކަމަށް ނިންމައި، އެކަން އިޢުލާނުކުރަމެވެ." އަމީރު ނެރުއްވި ގަރާރުގައި ވެއެވެ.

މީގެ އިތުރުން، އެ އެއްބަސްވުމުގެ ދަށުން ކުރާޚަރަދުތަކުގެ އިންޓަރނަލް އޮޑިޓެއް މިނިސްޓްރީ އޮފް ފިނޭންސްއިން ކުރިއަށް ގެންދާނެކަން ފާހަގަކޮށް، އެ ޚަރަދުތައް މިނިސްޓްރީ އޮފް ހެލްތުގެ މާލީ ޒިންމާދާރު ވެރިޔާ ޚާއްޞަ ސަމާލުކަމެއް ދީގެން ބެލުމަށްވެސް މާލީ ވަޒީރު ވަނީ އަންގަވާފައެވެ.

ނަމަވެސް މިއެއްބަސްވުމުގައި ސޮއިކުރާނެ ތާރީޚެއް އަދި ވެކްސިނަށް ޚަރަދު ކުރާވަރެއް ވެސް މީގެއިތުރުން މި އެއްބަސް ވުމުގެ ދަށުން ވެކްސިން ލިބޭނެ ތާރީޚެއްވެސް އަދި ހާމކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން