'ބަޔަކު އަޑީގައި ތިބެގެން ޑރ އިޔާޒަށް ބިރުދައްކަން އުޅުނަސް އެކަމެއް ނުވާނެ ކަަމަށް އިސްލާމް ދީނުގެ އިލްމުވެރިޔާ އައްޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޒައިދު މިހެން ވިދާޅުވެފައިވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި މަސައްކަތް ކުރަށްވާ ޑރ މުހައްމަދު އިޔާޒު މީސް މީޑިއާ މެދުވެރިކޮށް ޔުނިވަސިޓީ ގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން ލިބޭ ގޮތައް މުޚާތަބު ކުރަށްވާ ކަމަށްބުނެ ޔުނިވަސިޓީ އިން ލިޔުމުން ނަސޭހަތް ތެރިވެފައިވާތީ އެކަމަށް އިޝާރާތް ކުރަށްވައެވެެ.

"ބަޔަކު އަޑީގައި ތިބެގެން އެމްއެންޔޫ އަށް ޕްރެޝަރ ކޮށްގެން ޑރ އިޔާޒަށް ބިރުދައްކަން އުޅުނަސް އެކަމެއް ނުވާނެ إن شاء الله! އެމްއެންޔޫ ގެ ބައެއް އިސްވެރިން ބައެއް ޕާޓީ އިންތިހާބުތަކުން ފެނިފައިވޭ! ކައުންސިލްގައި ތިބި ބައެއް މީހުން ދީނާ ޚިލާފް ވާހަކަ ދައްކާފައިވޭ! އެމްއެންޔޫ ގެ އަބުރާއި އިއްޒަތަށް އުނިކަމެއް ނާދޭބާ؟!" ޝެއިޚް އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ހޯޑެއްދޫގައި ރާފޮދު ހިތްޕަވައިގެން ދޮން ވެއްޔާ މޮޑެވިފައި ތިއްބެވި ކަމަށް ތުހުމަތު ކުރެވޭ ބައެއް ބޭފުޅުން ކައުންސިލްގައި އެބަތިއްބެވި ކަމަށް ޒައިދު ތުހުމަތު ކުރަށްވާފައި ވެއެވެ.

Hondaidhoo gai Raa fodhu hippavaigen dhon veyyaa modevifai thibbevi kamah thuhumathu kurevey baeh beyfulhun Council gai eba thihbevi! University ge gadharu dhasheh nuvey! Abureh nugelley! Ajaaib! Muvahzafunnah biru dhekkumuge amal thah huttaalumah MNU ge verinnah govaalan!

"ހޮނޑައިދޫގައި ރާފޮދު ހިއްޕަވައިގެން ދޮންވެއްޔާ މޮޑެވިފައި ތިއްބެވި ކަމަށް ތުހުަތު ކުރެވޭ ބައެއް ބޭފުޅުން ކައުންސިލްގައި އެބަ ތިއްބެވި! ޔުނިވަސިޓީގެ ގަދަރު ދަށެއްނުވޭ! އަބުރެއް ނުގެއްލޭ! އަޖާއިބެއް!" ޔުނިވަރސިޓޫގެ މުވައްޒަފުންނަށް ބިރުދެއްކުމުގެ އަމަލުތައް ހުއްޓާލުމަށް ގޮވާލައްވާ ޝައިޚް އަލީ ޒައިދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޑރ. އިޔާޒާއި ޒައިދަކީ މި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ގެންގުޅުއްވާ އިސްލާމް ދީނާ ފުށުއަރާ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ދެބޭފުޅުންނެވެ. އެގޮތުން ކްރިސްމަސް އީދު ފާހަގަ ކުރަމުން ގެންދާ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ޓްވީޓަކަށްވެސް މިދެބޭފުޅުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެއެވެ. އަދި އެމައްސަލައިގައި ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީގެ އިސް ސިޔާސީ ފަރާތްތަކާއި މިދެބޭފުޅުންނާ ދެމެދު ޓްވިޓާގައި ވަރަށް ބޮޑަށް ދެބަސްވުން އުފެދި ބަހުގެ ހަމަލާތައް ވެސް ވަނީ ބަދަލު ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން