ޒަކާތު ފަންޑުން މިހާރު މި ހިނގާ ދައުލަތެއް ނުހިންގޭނެ ކަމަށް މާލެ މޭޔަރ ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވެފައިވަނީ ޓެކްސްއަކީ ޒަކާތް ނެގުމަށްފަހު އޭގެން ނުވެއްޖެ ނަމަ ނެގުން ހުއްދަވާ އެއްޗެއް ކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

"ޒަކާތަކީ ވަކި ބަޔަކަށް ﷲ ކަނޑައަޅުއްވާފައިވާ ހައްގެއް. ޒަކާތު ފަންޑުން މިހާރު މި ހިނގާ ދައުލަތެއް ނުހިންގޭނެ! ދައުލަތަކީ އެންމެންގެ ހައްގު އޮތް އެއްޗެއް. މަގު ހެދުމާއި ފެނާއި ނަރުދަމާ އާއި ސިއްހީ ކަންކަމާއި ތައުލީމާއި މުއައްޒަފުންގެ މުސާރައާއި މިހުރިހާ ކަމަކީ ޓެކްސް އެންޑް ޑިއުޓީ!" އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ޓެކްސް ނެގުމަކީ ހަރާމް ކަމެއްކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިހް އިލްޔާސް ޖަމާލް ވިދާޅުވެފައިވާ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފެށުމާއިއެކު އެކަމަށް ފާޑުވިދާޅުވަމުން ޒައިދު ވިދާޅުވެފައިވަނީ ޓެކްސްގެ ނިޒާމް ހަރުދަނާ ކުރެވިގެން ނޫނީ ގައުމުގެ ރައުސުލްމާލުގައި ބަރަކާތް ނުލައްވާނެ ކަމަށެވެ. ޒައިދު ވިދާޅުވި ގޮތުގައި ޓެކްސް ނެގުން ހުއްދަ ވާނީ ޒަކާތް ނެގުމަށްފަހު އެއިން ދައުލަތުގެ ހަރަދުތައް ހަމަނުޖެއްސިއްޖެ ކަމަށް ވާނަމައެވެ. އަދި އިސްލާމްދީނުގައި ޒަކާތުގެ ނިޒާމް ބައްޓަންވެފައި ވަނީ އެފަދައިން ކަމަށާއި މީހުން އަތުން ނެނގޭ ޓެކްްސް ވީހާވެސް މަދުކުރުމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޝެއިޚް އިލްޔާސް ޖަމާލްގެ މި ވީޑިއޯ އާއި ގުޅިގެން ގިނަ ފަރާތްތަކަކުން އަންނަނީ ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން