މަސް ދޯންޏެއް
މަސް ދޯންޏެއް
މިއަދުން ފެށިގެން މަސްދޯނި ފަހަރަށް، ލައިސެންސު ދޭ އުސޫލަށް ބަދަލުތަކެއް ގެނެސްފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މިއަދުން ފެށިގެން މަސްދޯނި ފަހަރަށް، މަސްވެރިކަމުގެ ލައިސެންސު ލިބޭނީ، މަސްދޯނީގެ ފޮޓޯއާއި އެކު ހުށައަޅަންޖެހޭ ފޯމު ހުށައެޅުމުން ކަމަށެވެ.

އެމިނިސްޓްރީން ބުނީ، ދޯނީގެ ފޮޓޯ އާއި އެކު ފޯމު ހުށައަޅަން ޖެހޭގޮތަށް ބަދަލު ގެނެސްފައި ވަނީ، އިންޑިއާ ކަނޑުގައި ކަނޑުމަހުގެ ބާވަތްތައް މެނޭޖްކުރުމަށް އެކުލަވާލައިފައިވާ ސަރަހައްދީ ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ކަމަށެވެ. މިގޮތުން އިންޑިއާ ކަނޑުގައި ކަނޑުމަހުގެ މަސްވެރިކަން ކުރުމަށް ހަރަކާތްތެރިވުމަށް ޤައުމުތަކުން ލައިސެންސް ދީފައިވާ އުޅަނދުފަހަރުގެ މަޢުލޫމާތު ހިމެނޭގޮތުން އެކޮމިޝަނުން އެކުލަވާލާފައިވާ ”އޮތޮރައިޒްޑް ފިޝިން ވެސަލް ލިސްޓް“ ގައި ކުރިއަށްއޮތް ތާނގައި އުޅަނދުގެ ފޮޓޯވެސް ޖަހަން ޖެހޭގޮތަށް ކަނޑައަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އެހެން ކަމުން މިއަދުން ފެށިގެން ލައިސެންސް ހޯދަން ހުށައަޅާ އެޕްލިކޭޝަން ފޯމާއެކު ދޯނީގެ 3 ފޮޓޯ ފޮނުވުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އެދިފައެވެ.

ފޮނުވާ ފޮޓޯތަކުގެ ތެރޭގައި، އުޅަނދުގެ ޕޯޓްސައިޑުން މުޅި އުޅަނދު ފެންނަ ގޮތަށް، އުޅަނދުގެ ދިރުނބާކޮޅާ ދިމާއިން މުޅި އުޅަނދު ފެންނަ ގޮތަށް އަދި އުޅަނދުގެ ސްޓާރބޯޑް ފަރާތުން މުޅި އުޅަނދު ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯތައް ހިމެނެންވާނެއެވެ. މީގެ ތެރެއިން ފޮޓޯއަކުން އުޅަނދުގެ ރަޖިސްޓްރީ ނަމްބަރާއި ނަން ސާފުކޮށް ފެންނަން ނެތް ނަމަ އެބައި ފެންނަ ގޮތަށް ވަކިން ނަގާ ފޮޓޯއެއް ވެސް ފޮނުވަންވާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން