ހަރުދަނާ އަޤީދާއާ ޚިލާފު ކަންކަމަށް އިންކާރުކޮށް ބަސް ވިދާޅުވުމުން ޑރ. މުޙައްމަދު އިޔާޒަށް ޤައުމީ ޔުނިވަރސިޓީން އިންޒާރުދީ ބިރު ދެއްކުމަކީ ނާތަހުޒީބު ޢަމަލެއް ކަމަށް ވިދާޅުވެ، ރާއްޖޭގެ އިސްލާމް ދީނުގެ ޢިލްމުވެރިޔާ ޝައިޚް އިލްޔާސް ޙުސައިން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
”ލިޔުމުންދޭ ނަސޭހަތް“ މި ނަމުގައި މި މަހުގެ 29 ވަނަ ދުވަހު ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ ސީނިއާރ ލެކްޗަރަރ ޑރ. އިޔާޒަށް ދީފައިވާ އިންޒާރުގައި ވަނީ، ޑރ. އިޔާޒުގެ ޓްވިޓާރ ހެންޑްލްގައި ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރެއްކަމަށް ޖައްސަވާފައިވާއިރު، ކުރައްވާ ސިޔާސީ ކޮމެންޓެއްކަމަށް ބެލެވިދާނެ ކޮންމެ ޓްވީޓެއްގެ މުޤައްދިމާއެއްގެ ގޮތުގައި ޓްވީޓުކުރައްވަނީ އަމިއްލަ ހައިސިއްޔަތުން ކަން ފާހަގަނުކުރައްވާނަމަ، އެ ކަން ބަލާނީ ޤައުމީ ޔުނިވަރސިޓީގެ ކައުންސިލުން ޢަމަލުކުރަމުން ގެންދާ ކޮލެޖް ކައުންސިލްގެ މާއްދާތަކާއި ޚިލާފުވެވަޑައިގަތީ ކަމަށެވެ.
އެގޮތުން އެ އިންޒާރުގައި ބުނީ ޑރ. އިޔާޒް ކުރައްވާ ބައެއް ޓްވީޓުތަކަކީ ސިޔާސީ ޓްވީޓުތަކެއް ކަމަށާއި، އެ ޓްވީޓުތަކުގެ ސަބަބުން ޔުނިވަރސިޓީގެ އަބުރާއި ޢިއްޒަތާއި ޤަދަރަށް އުނިކަން އަންނަކަމަށެވެ. އަދި ހުސްވި އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ޑރ. އިޔާޒަށް އަނގަބަހުން ނަސޭހަތްދީ މި ފަހަރު ލިޔުމުން އެކަން އެންގީ ކަމަށް ޔުނިވަސިޓީގެ ލިއުމުގައި ވެއެވެ.
ގައުމީ ޔުނިވަރސިޓީގެ މި އިންޒާރަށް ރަށްދު ދެއްވަމުން ޝައިޚް އިލްޔާސް ވިދާޅުވީ އިސްލާމްދީނުގެ ހަރުދަނާ އަޤީދާއާ ޚިލާފު ކަންކަމަށް އިންކާރުކޮށް ޙައްޤު ބަސް ވިދާޅުވުމުން ޤައުމީ ޔުނިވަރސިޓީގެ މެނޭޖްމަންޓުން ޑރ. އިޔާޒަށް އިންޒާރުދެއްވައި ބިރު ދެއްކުމަކީ ވަރަށް ނާތަހުޒީބު ޢަމަލެއްކަމަށެވެ. މިހެން ވިދާޅުވެ، ޝައިޚް އިލްޔާސް ވަނީ ޑރ. އިޔާޒަށް ބަރަކާތްލައްވައި ޙައްޤުގޮތުގައި ހުންނެވުމުގެ ތަޥްފީޤު ދެއްވުމަށް އެދި ދުޢާ ވެސް ކުރައްވާފައެވެ.
ޑރ. އިޔާޒަށް ޔުނިވަރސިޓީން އިންޒާރުދިން މައްސަލައިގައި އައްޝައިޚް ޢަލީ ޒައިދު ވެސް ވަނީ އުނިވާސިޓީއަށް ފާޑު ވިދާޅުވެފައެވެ. މި ގޮތުން ޒައިދު ވިދާޅުވީ، ބަޔަކު އަޑީގައި ތިބެގެން ޤައުމީ ޔުނިވަރސިޓީއަށް ޕްރެޝަރު ކޮށްގެން ޑރ. އިޔާޒަށް ބިރުދައްކަން އުޅުނަސް އެކަން ނުވާނެ ކަމަށެވެ.
ޑރ. ޢިޔާޒަށް ޤައުމީ ޔުނިވަރސިޓީން ލިޔުމުން އިންޒާރުދީފައިވާތީ އެކަމާ ގުޅިގެން "ރަސް އޮންލައިން" އަށް މަޢުލޫމާތު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ، ޔުނިވަރސިޓީގެ މިހާރުގެ ވައިސް ޗާންސެލަރ އަކީ ވެސް މަޤާމުގައި ހުންނަވައިގެން އެމްޑީޕީގެ ޕްރައިމަރީގައި ކަލާފާނު ސްކޫލް ހޯލްގައި ހިންގި ހަމަނުޖެހުމެއްގައި ޢަމަލީގޮތުން ޙަރަކާތްތެރި ވެފައިވާ ބޭފުޅެއް ކަމަށެވެ.
އަދި ހޮނޑައިދޫގައި ރާބޮއިގެން ޢަމަލުވެފައި ތިބި މީހުން ޤައުމީ ޔުނިވަރސިޓީގެ ކައުންސިލްގައި އެބަތިބި ކަމަށް ޑރ. މުޙައްމަދު އިޔާޒު ވަނީ ތުހުމަތު ކުރަށްވާފައެވެ.

Islam dheenuge harudhana ageedhaya khilafu kankamah inkarukoh, haqqu bas vidhaalhuvumun MNU ge management in Dr iyaz ah inzar dhevva biru dhekkumakee v nathahuzeebu amaleh. Maiy Allah Dr.Iyaz ah barakaiy lavvaa, haqqu gothuga saabithukanmathee hunnevumuge thaufeeq dhevvaashi.
— Ilyas Hussain (@shkilyas) December 31, 2020
އެގޮތުން އެ އިންޒާރުގައި ބުނީ ޑރ. އިޔާޒް ކުރައްވާ ބައެއް ޓްވީޓުތަކަކީ ސިޔާސީ ޓްވީޓުތަކެއް ކަމަށާއި، އެ ޓްވީޓުތަކުގެ ސަބަބުން ޔުނިވަރސިޓީގެ އަބުރާއި ޢިއްޒަތާއި ޤަދަރަށް އުނިކަން އަންނަކަމަށެވެ. އަދި ހުސްވި އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ޑރ. އިޔާޒަށް އަނގަބަހުން ނަސޭހަތްދީ މި ފަހަރު ލިޔުމުން އެކަން އެންގީ ކަމަށް ޔުނިވަސިޓީގެ ލިއުމުގައި ވެއެވެ.
ގައުމީ ޔުނިވަރސިޓީގެ މި އިންޒާރަށް ރަށްދު ދެއްވަމުން ޝައިޚް އިލްޔާސް ވިދާޅުވީ އިސްލާމްދީނުގެ ހަރުދަނާ އަޤީދާއާ ޚިލާފު ކަންކަމަށް އިންކާރުކޮށް ޙައްޤު ބަސް ވިދާޅުވުމުން ޤައުމީ ޔުނިވަރސިޓީގެ މެނޭޖްމަންޓުން ޑރ. އިޔާޒަށް އިންޒާރުދެއްވައި ބިރު ދެއްކުމަކީ ވަރަށް ނާތަހުޒީބު ޢަމަލެއްކަމަށެވެ. މިހެން ވިދާޅުވެ، ޝައިޚް އިލްޔާސް ވަނީ ޑރ. އިޔާޒަށް ބަރަކާތްލައްވައި ޙައްޤުގޮތުގައި ހުންނެވުމުގެ ތަޥްފީޤު ދެއްވުމަށް އެދި ދުޢާ ވެސް ކުރައްވާފައެވެ.
ޑރ. އިޔާޒަށް ޔުނިވަރސިޓީން އިންޒާރުދިން މައްސަލައިގައި އައްޝައިޚް ޢަލީ ޒައިދު ވެސް ވަނީ އުނިވާސިޓީއަށް ފާޑު ވިދާޅުވެފައެވެ. މި ގޮތުން ޒައިދު ވިދާޅުވީ، ބަޔަކު އަޑީގައި ތިބެގެން ޤައުމީ ޔުނިވަރސިޓީއަށް ޕްރެޝަރު ކޮށްގެން ޑރ. އިޔާޒަށް ބިރުދައްކަން އުޅުނަސް އެކަން ނުވާނެ ކަމަށެވެ.
ޑރ. ޢިޔާޒަށް ޤައުމީ ޔުނިވަރސިޓީން ލިޔުމުން އިންޒާރުދީފައިވާތީ އެކަމާ ގުޅިގެން "ރަސް އޮންލައިން" އަށް މަޢުލޫމާތު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ، ޔުނިވަރސިޓީގެ މިހާރުގެ ވައިސް ޗާންސެލަރ އަކީ ވެސް މަޤާމުގައި ހުންނަވައިގެން އެމްޑީޕީގެ ޕްރައިމަރީގައި ކަލާފާނު ސްކޫލް ހޯލްގައި ހިންގި ހަމަނުޖެހުމެއްގައި ޢަމަލީގޮތުން ޙަރަކާތްތެރި ވެފައިވާ ބޭފުޅެއް ކަމަށެވެ.
އަދި ހޮނޑައިދޫގައި ރާބޮއިގެން ޢަމަލުވެފައި ތިބި މީހުން ޤައުމީ ޔުނިވަރސިޓީގެ ކައުންސިލްގައި އެބަތިބި ކަމަށް ޑރ. މުޙައްމަދު އިޔާޒު ވަނީ ތުހުމަތު ކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު