މެލޭޝިޔާގެ ޝާޙް އަލާމް ސިޓީގެ ކްލިނިކް އެއްގެ ބޭރުގައި ކޮވިޑް ޓެސްޓު ކުރަނީ.
މެލޭޝިޔާގެ ޝާޙް އަލާމް ސިޓީގެ ކްލިނިކް އެއްގެ ބޭރުގައި ކޮވިޑް ޓެސްޓު ކުރަނީ.
މެލޭޝިޔާގައި ކޮވިޑާ ގުޅިގެން އިޢުލާން ކޮށްފައިވާ މޫވްމަންޓް ކޮންޓްރޯލް އޯޑަރ، އެމްސީއޯ އަންނަ މާޗް މަހު 31 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފިއެވެ.

މެލޭޝިޔާގައި ކޮވިޑާ ގުޅިގެން ކުރެވުނު ލޮކްޑައުންގެ މުއްދަތު ނުވަތަ އެމްސީއޯ އިތުރު ކުރުމުގެ އިއުލާން ނެރެފައިވަނީ ޑިސެމްބަރު 31 ވަނަ ދުވަހުގެރޭގެ މެންދަމުގެ ވަގުތެއްގައެވެ. މެލޭޝިއާގައި ލޮކްޑައުންގެ މުއްދަތު އިތުރުކުރީ ކޮވިޑުގެ ބަލިމަޑުކަން މެލޭޝިޔާގެ އެކި ސަރަހައްދު ތަކުގައި އިތުރަށް ފެތުރެމުން ދާތީ ކަމަށް މެލޭޝިއާ ސަރުކާރުން ބުނެފައި ވެއެވެ.

މިއާއެކު މެލޭޝިޔާގައި ފަތުރުވެރިންނަށް ހާއްސަ ކުރެވިފައިވާ ނައިޓް ކްލަބް ތަކާއި ޕަބްތަކާއި އެފަދަ އެކި ހަރަކާތްތައް ހިންގުމުގައި ގައިދުރު ކަން ނުބެހެއްޓޭނެ ފަދަ ހަރަކާތްތައް ވަނީ މުޅިން މަނާކޮށްފައެވެ. މީގެ އިތުރުން މެލޭޝިޔާގައި ބައެއް ސަރަހައްދު ތަކުގައި ދަތުރު ފަތުރު ކުރުމަށް ލުޔެއް ދެވިފައި ވީނަމަވެސް އައު އަހަރު ފާހަގަ ކުރުމާ ގުޅުވައިގެންނާއި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ގިނަ ސަރަހައްދުތަކުގެ ދަތުރު ފަތުރު ކުރުމަށްވެސް ވަނީ ހުރަސް އަޅައިފައެވެ.

މެލޭޝިޔާގައި ކޮވިޑާއި ގުޅިގެން ހެދިފައިވާ ގަވާއިދުތަކާ ހިލާފު ވާ މީހުން 1000 މެލޭޝިޔަން ރިންގިޓާ ހަމައަށް ޖޫރިމާނާ ކުރުމާއި ހަމަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް މެލޭޝިޔާގެ ސަރުކާރުން ވަނީ ނިންމާފައެވެ.

މެލޭޝިޔާގައި ހެދިފައިވާ ގަވާއިދުތައް ބައެއް ސަރަހައްދުތަކުގައި ހަރުކަށި ކުރަމުން ދާއިރު، މެލޭޝިޔާ 2020 ވަނަ އަހަރު ނިންމާލީ ރެކޯޑް އަދަދަކަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާއެކުއެވެ. މިގޮތުން އެންމެ ފަހުގެ ތަފާސްހިސާބު ތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހު މެލޭޝިޔާގައި 2،525 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. މިއާއެކު މެލޭޝިޔާގައި ކޮވިޑް ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 113،000 އަށް ވުރެ އިތުރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން