ކޯވިޑް-19އާ ގުޅިގެން މެލޭޝިއާގައި ވިސާގެ ކަންކަމުގައި ދީފައިވާ ލުއިތައް މިހާރު ނިމުމަކަށް ގެނެސްފައި ވާތީ އެގައުމުގައި ސޯޝަލް ވިސާގައި ތިބި ދިވެހިން 14 ދުވަހުގެ ތެރޭގައި އެގައުމުން ނުކުތުމަށް ދިވެހިރާއްޖޭގެ ހައިކޮމިޝަނުން މިއަދު އަންގައިފިއެވެ.
ހައި ކޮމިޝަނުން މިއަދު އާންމު ކުރި އިޢުލާނެއް ގައި ބުނީ، ކޯވިޑް-19އާ ގުޅިގެން މެލޭޝިޔާގެ ސަރުކާރުން ނެރެފައިވާ "މޫވްމަންޓް ކޮންޓްރޯލް އޯޑާރ"ގެ ދަށުން ވިސާގެ ކަންކަމުގައި ދީފައިވާ ލުއިތައް 31 ޑިސެމްބަރު 2020އާ ހަމައިން ނިމުމަކަށް ގެނެސްފައިވާކަން އެގައުމުގެ އިމިގްރޭޝަން އޮފީހުން ދިވެހި ހައިކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.
އެގޮތުން، ސޯޝަލް ވިސާގައި ޓޫރިސްޓުންގެ ގޮތުގައި މެލޭޝިޔާއަށް އެތެރެވުމަށްފަހު އަނބުރާ ގައުމަށް ނުދެވި ތިބި ދިވެހީން 31 ޑިސެންބަރު މަހުގެ ފަހުން 14 ދުވަހުގެ ތެރޭގައި އެގައުމުން ނުކުންނަން ދިވެހި ހައިކޮމިޝަނުން ވަނީ އަންގާފައެވެ.
ކޮމިޝަނުން ވަނީ ދިގު މުއްދަތަށް ވިސާ ނަގައިގެން ތިބި މީހުންގެ ތެރެއިން މިހާރު ވިސާ ހަމަވެފައި ވާ މީހުން މެލޭޝިއާގެ އިމިގްރޭޝަނަށް ހުށައަޅައިގެން ވިސާ އާކުރުމަށް ނުވަތަ ތިބެވޭނެ ހުއްދައެއް ހޯދުމަށް އަންގާފައެވެ. މިކަން ކުރުމަށް ހަމަޖެހިފައިވާ މުއްދަތު އަދި އެ ކޮމިޝަނަށް ސާފު ނުވާ ކަމަށާއި އެކަން ސާފުކުރަމުންދާ ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ.
މި ކަންކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން އިމިގުރޭޝަން ޑިޕާޓްމެންޓްގެ ވެބަސައިޓަށް ޒިޔާރަތް ކުރުމަށް ނުވަތަ މެއިލް ކުރުމަށް ދިވެހި ހައިކޮމިޝަނުން ވަނީ އަންގާފައެވެ.
މެލޭޝިއާ ސަރުކާރުން މިފަދަ އެންގުމެއް އަންގާފައިވަނީ ކޮން އިރަކު ކަމެއް ދިވެހި ސަފީރުގެ އޮފީހުގެ އެންގުމުގައި ބުނެފައެއް ނުވެއެވެ. އަދި ސަފީރުގެ އޮފީހުން މިހެން ބުނި އިރު މެލޭޝިއާގައި އިޢުލާން ކޮށްފައިވާ "މޫވްމަންޓް ކޮންޓްރޯލް އޯޑަރ"ގެ މުއްދަތުވެސް މިހާރު ވަނީ އަންނަ މާޗް މަހުގެ ނިޔަލަށް ދަންމާލާފައެވެ. މީގެއިރުރުން ދިވެހި ސަފީރު މިފަދަ އެންގުމެއް އެންގެވިއިރު މެލޭޝިއާއަކުން ރާއްޖެއަކަށް އަދި ކޮމާޝަލް ފްލައިޓް ތަކެއް ވެސް ދަތުރު ކުރާކަށް ނުފަށައެވެ. މީގެއިތުރުން މެލޭޝިއާގެ ވައިގެ މަގުވެސް އަދި ރަސްމީކޮށް ހުޅުވާފައެއް ނުވެއެވެ.
މިހާރު މެލޭޝިއާގައި ތިބި ދިވެހީން ދަތުރު ކުރާނަމަ ދަތުރު ކުރެވޭނީ ދުބާއީ މަގުންނާއި ސިންގަޕޫރު މަގުންނެވެ.
މެލޭޝިއާގައި އިޢުލާން ކޮށްފައިވާ "މޫވްމަންޓް ކޮންޓްރޯލް އޯޑާރ" އިތުރު ތިން މަސް ދުވަހަށް ދިގު ދަންމާލިއިރު އެގައުމުގެ ސަރުކާރުން މީޑިއާގައި ބުނެފައި ވަނީ "މޫވްމަންޓް ކޮންޓްރޯލް އޯޑަރ" އުވާލަންދެން ވިސާގެ ކަންކަމުގައި ދީފައިވާ ލުއިތައް އޮންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު