ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުން ކަރަންޓީނުވާން ޖެހޭނެކަމަށް، އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުގައި ޖަނަވަރީ ހަތަރު ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ ފަރާތްތަކުގެ ތެރެއިން ރާއްޖޭގެ ސްކޫލު، ކޮލެޖް އަދި ޔުނިވާސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުން ރާއްޖެ އައުމަށްފަހު 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ.
އަދި މިފަދަ ދަރިވަރުން ކަރަންޓީނުން ދޫކޮށްލާނީ 10 ދުވަހަށްފަހު ހަދާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މީގެ އިތުރުން މިފަދަ ދަރިވަރުން ރާއްޖެ އެތެރެވާއިރު 96 ގަޑިއިރުނުވާ ނެގެޓިވް ޕީ.ސީ.އާރު ނަތީޖާ ގެންނަންވާނެ ކަމަށްވެސް އެޗްޕީއޭ ގެ އެންގުމުގައި ވެއެވެ.
ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުން 10 ދުވަހަށް ގޭގައި ކަރަންޓީނުވާން ޖެހޭނެކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު، އެޗްޕީއޭއިން ވަނީ ރާއްޖޭގައި ކޯވިޑާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ބޮޑެތި ދޫތައް ދީފައެވެ. ނަމަވެސް ރާއްޖޭގައި އިޢުލާން ކޮށްފައިވާ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމާމެދު އެޗްޕީއޭ އިން އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.
ނިމުނު 2020 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ވަނީ 13،757 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ، 48 މީހުން ނިޔާވެފައެވެ. އަދި އަހަރު ނިމުނުއިރު 13،141 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 561 މީހެކެވެ. އެ އަހަރުގެ ނިޔަލަށް ރާއްޖެއިން ކޯވިޑަށް ޓެސްޓް ކުރުމަށް ނެގިފައި ވަނީ 316،704 ސާމްޕަލެވެ.

❇️ 4 ޖަނަވަރީއިން ފެށިގެން ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސުކޫލު/ކޮލެޖް/ޔުނިވަރިސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުން 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީންވުން. އަދި 10 ދުވަހަށްފަހު ޕީ.ސީ،އާރު ނެގަޓިވް ނަތީޖާއަކާއެކު ކަރަންޓީނުން ދޫކޮށްލުން
— Health Protection Agency (@HPA_MV) January 1, 2021
ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުން 10 ދުވަހަށް ގޭގައި ކަރަންޓީނުވާން ޖެހޭނެކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު، އެޗްޕީއޭއިން ވަނީ ރާއްޖޭގައި ކޯވިޑާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ބޮޑެތި ދޫތައް ދީފައެވެ. ނަމަވެސް ރާއްޖޭގައި އިޢުލާން ކޮށްފައިވާ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމާމެދު އެޗްޕީއޭ އިން އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.
ނިމުނު 2020 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ވަނީ 13،757 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ، 48 މީހުން ނިޔާވެފައެވެ. އަދި އަހަރު ނިމުނުއިރު 13،141 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 561 މީހެކެވެ. އެ އަހަރުގެ ނިޔަލަށް ރާއްޖެއިން ކޯވިޑަށް ޓެސްޓް ކުރުމަށް ނެގިފައި ވަނީ 316،704 ސާމްޕަލެވެ.
ކިޔުންތެރިންގެ ހިޔާލު