ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
އއ. އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުންދާ އިނގިރޭސިވިލާތުގެ ދެ ފަތުރުވެރިވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން މިއަދު ޕޮޒިޓިވްވީ އިނގިރޭސިވިލާތުން އެރަށު ގެސްޓްހައުސް އަކަށް ދިޔަ ކުޑަކުއްޖަކާއި، ފިރިހެނެކެވެ. އެ މީހުން އެރަށަށް ގޮސްފައިވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށާއި، އެމީހުން ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ފުރުމުގެ ކުރިން ހަދަންޖެހޭ ޕީސީއާރު ޓެސްޓުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

ޕޮޒިޓިވްވި ދެ ފަތުރުވެރިން ކަރަންޓީނުކޮށް، އެމީހުންނާ ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މިދިޔަ މަހު ކުރީކޮޅު ވެސް އުކުޅަހުން ވަނީ ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ނިމުނު 2020 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ވަނީ 13،757 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ، 48 މީހުން ނިޔާވެފައެވެ. އަދި އަހަރު ނިމުނުއިރު 13،141 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 561 މީހެކެވެ. އެ އަހަރުގެ ނިޔަލަށް ރާއްޖެއިން ކޯވިޑަށް ޓެސްޓް ކުރުމަށް ނެގިފައި ވަނީ 316،704 ސާމްޕަލެވެ.

މިވަގުތު ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރެއިން 83 މީހުން ތިބީ ރިސޯޓްތަކުގަ އެވެ. އަދި އަތޮޅު ތެރެއިން ކޮވިޑް ޖެހިފައި ތިބީ 37 މީހަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން