ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމްދީނާ ދެކޮޅު ވިސްނުންތައް ވަރުގަދަ ވުމަކީ ދީނީ ހަރުކަށިކަމަށް ކޮށާލެވޭ މަގެއް ކަމަށް އިސްލާމިކް ޔުނިވަސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ކުރިން ރާއްޖޭގެ އިސްލާމިކް މިނިސްޓަރުގެ މަގާމު ވެސް އަދާކުރަށްވާފައިވާ، ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނީ ހައްދު ފަހަނައެޅުން ހުއްޓުވޭނީ ހަރުދަނާ ގޮތެއްގައި އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތާއި ޢަޤީދާ އުނގަންނައިދީގެން ކަމަށެވެ.

މިކަންކުރުމަށްޓަކައި ދައުލަތުގެ ދީނީ ޝިޢާރު ފާޅުކުރުމުގެ ނިޒާމު ހަރުދަނާކޮށް ޤައުމީ ފެންވަރުގައި ޢަމަލުކުރާނެ އިސްލާމީ އިސްތިރާތީޖީ ޕްލޭނެއް އޮތުން މުހިންމު ކަމަށް ޝަހީމް ވިދާޅުވިއެވެ.



ޝަހީމް ވިދާޅުވީ ދައުލަތުގެ ފަތުވާ ދިނުމުގެ ރަސްމީ ނިޒާމު ހަރުދަނާކުރުމަކީ ވެސް މުހިންމުކަމެއް ކަމަށެވެ.

"އަދުގެ ޖީލަށް ބޭނުންވާ ދީނީ މަޢުލޫމާތު ސޯޝަލްމީޑިއާގައި ފަސޭހަގޮތެއްގައި ރަސްމީ އިދާރާތަކުން ލިބޭނޭ މަގުތައް ފަހި ކޮށްދީ ފަސޭހަކޮށްދިނުމަކީ ނުހަނު ބޭނުންތެރިކަމެއް." ޑރ. ޝަހީމް ވިދާޅުވިއެވެ.

އަދި ވިދާޅުވީ އިސްލާމްދީނާ ދެކޮޅު ވިސްނުންތައް ވަރުގަދަ ވުމަކީ ދީނީ ހަރުކަށިކަމަށް ކޮށާލެވޭ މަގެއް ކަމަށާއި މިހެންކަމުން ދީނަށް ފުރައްސާރަކުރުން ހުއްޓުވައި އިސްލާމްދީނަށް ތައުހީނުކުރުން ހުއްޓުވަން ޤާނޫނީ ފިޔަވަޅު އެޅުމާއެކު ނަސޭޙަތްތެރިވެވޭނެ ނިޒާމެއް ޤާއިމްކުރެވެންޖެހޭ ކަމަށެވެ.

"ފިކުރީ މައްސަލަތައް ޙައްލުކުރުމަށްޓަކައި ޢިލްމީ ގޮތުން މަސައްކަތްކުރަންޖެހޭ. އެ މަސައްކަތް ވަރުގަދަ ކޮށްފި ނަމަ ފިކުރީ ގޮތުން އިސްލާމްދީނާ ގުޅުވައިގެން އުފެދޭ މައްސަލަތަކަށް ޙައްލު ގެނެވޭނެ." ،ޝަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން