ޒިދާން މުޙައްމަދު   2 ޖެނުއަރީ 2021 - 16:0
ށ. ނަރުދޫ
ށ. ނަރުދޫ
ށ. ނަރުދުއަށް އުދަ އަރައި އެރަށުގެ ގޭގެއަށް ލޮނު ވަދެ ގެއްލުންތައް ވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ރަށަށް އުދަ އަރާފައި ވަނީ ރޭގަ އާއި މިއަދު ހެނދުނު އެވެ. އަދި އުދަ އަރައި މުޅި ރަށުގެ އެކި ހިސާބުތަކަށް ލޮނުގެ އަސަރުކޮށްފައިވާއިރު، ގޭގެއަށް ލޮނު ވަދެ ބައެއް ގޭގޭގެ ހިފާގެންގުޅޭ އެއްޗެއްސަށާއި ދިރިއުޅުމަށް ބޭނުންކުރާ އެހެނިހެން ސާމާނަށް ގެއްލުވުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ވަނީ ދަތިވެފައެވެ.

އެ ރަށުން މައުލޫމާތު ދިން ފަރާތަކުން ބުނީ އުދަ އެރުމުގެ ސަބަބުން މަގުތަކުގައި ދެފޫޓަށް ވަނީ ފެންބޮޑުވެފައެވެ.

ނަރުދޫއަށް ލިބުނު ގެއްލުންތަކުގެ ތަފުސީލްތައް އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް އަެރަށުގެ ގިނަ ގެތަކަށާއި އަދި އާންމުންގެ ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މޫސުމާބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި މިހާރު ރާއްޖޭގެ ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 6 ފޫޓުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން