މީހަކު އައިޑީ ކާޑެއް ހިފަހައްޓައިގެން
މީހަކު އައިޑީ ކާޑެއް ހިފަހައްޓައިގެން
އައިޑީކާޑާއި ޕާސްޕޯޓް އަދި ޑްރައިވިން ލައިސަންސްގެ މުއްދަތު ހަމަވެފައި ވީނަމަވެސް އެޑޮކިއުމެންޓްތައް ބޭނުން ކޮށްގެން ޑޮމެސްޓިކް ފްލައިޓް ދަތުރުތައް ކުރެވޭ ގޮތައް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސް،، މުއްދަތު ހަމަވެފައިވާ ޑޮކިއުމެންޓް ދައްކައިގެން ދަތުރު ނުކުރެވޭ ގޮތައް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނިންމައިފިއެވެ.

މިކަމާ ގުޅިގެން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނީ، ފަސެންޖަރުންނަކީ ކޮންބައެއްކަން ދެނެގަންނަން މުއްދަތު ހަމަވެފައިވާ އައިޑީކާޑާއި ޕާސްޕޯޓް އަދި ޑްރައިވިން ލައިސަންސް ބަލައިގަންނަމުން އައިއައުމަށް ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން އަމަލު ނުކުރާނެ ކަމަށެވެ. އެހެންކަމުން މިހާރު ޑޮމެސްޓިކް ދަތުރުތައް ކުރާ ދިވެހިންނަށް ވެސް ދަތުރު ކުރެވޭނީ މުއްދަތު ހަމަނުވާ ލިޔުމެއް އޮވެގެން ކަމަށް އެތަނުން ބުނެއެވެ.

ކޯވިޑް-19އާ ގުޅިގެން ހުރި ދަތިތަކުގެ ސަބަބުން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން ވަނީ އޮންލައިންކޮށް އައިޑީކާޑަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އައިޑީކާޑުގެ އިތުރުން ޕާސްޕޯޓާއި ލައިންސަންސަށް އެދިވެސް އޮންލައިންކޮށް ފޯމް ހުށަހެޅޭނެއެވެ. މި ގޮތަށް ހުށާއަޅާއިރު ކާޑުގައި ޖަހާނެ ފޮޓޯއެއް ވެސް ހުށައަޅަންޖެހެއެވެ.

މުއްދަތު ހަމަވެފައިވާ ޑޮކިއުމެންޓް ބޭނުން ކޮށްގެން ދަތުރު ކުރެވޭ ގޮތައް ފުރަތަމަ ހަމަޖެއްސީ އޮގަސްޓް މަހުގެ ނިޔަލަށެވެ. ނަމަވެސް ފަހުން ވަނީ ޑިސެމްބަރ 31 އަށް މުއްދަތު އިތުރުކޮށްފައެވެ. އަދި މިހާރު މިވަނީ އެކަން ނިމުމަކަށް ގެނަސް މުއްދަތު ހަމަވެފައިވާ ލިއުންތަކަށް އަމަލު ނުކުރުމަށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން