ފައިރޫޝް ފުލުހުންގެ މުއައްސަސާގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރަން ރަސްމިއްޔާތު
ފައިރޫޝް ފުލުހުންގެ މުއައްސަސާގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރަން ރަސްމިއްޔާތު
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔަރކުރައްވައިފިއެވެ.

ޑރ. ފައިރޫޝް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ފުލުހުންގެ މަތީ މަގާމުތަކަށް ބަދަލު ގެނެވޭ ގޮތަށް ފުލުހުންގެ ގާނޫނު އަލުން އެކުލަވާލައި އަމަލު ކުރަންފަށާފައި ވަނިކޮށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 20 އަހަރަށް ފަހު ޑރ. އަބްދުﷲ ފައިރޫޝް ފުލުހުންގެ ފަޒީފާއިން މިއަދު ރިޓަޔަރކުރައްވާފައިވާ ކަމަށެވެ. އަދި އޭނާ ދިވެހި ފުލުހުންގެ މުވައްސަސާގައި ހޭދަކުރެއްވި ދުވަސްތަކުގައި ކޮށްދެއްވި ޚިދުމަތްތަކަށް ކޮމިޝަނަރ ވަނީ ޝުކުރު އަދާކުރަށްވާފައެވެ.



ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރާ ބެހޭ ގޮތުން ނުބައި ތަސައްވަރެއް އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ ފުލުހުންގެ ވަޒީފާ އިން ވަކިކުރި ފައިރޫޝަށް އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން ހުކުމް ކުރީ 2019 ވަނަ އަހަރުއެވެ. އެއަށްފަހު ފައިރޫޝް އަނބުރާ ވަޒީފާއަށް ނުކުންނަވަން ފެއްޓެވިއެވެ.

ފައިރޫޝް ވަޒީފާ އިން ވަކިކުރި އިރު ހުންނެވީ އޮސްޓްރޭލިއާގައި ޕީއެޗްޑީ އަށް ކިޔަވައި ވިދާޅުވުމަށެވެ. އޭނާ މިހާރު ވަނީ ޕީއެޗްޑީ ނިންމަވައިފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕީއެޗްޑީ ހާސިލްކުރެއްވި ފައިރޫޝް އެންމެ ފަހުން ހުންނެވީ ރިސޯސް މެނޭޖްމެންޓްގެ ހެޑަކަށެވެ. މިއީ ފުލުހުންގެ ފައިނޭންސާއި އިންސާނީ ވަސީލަތްތަކާއި އިންޖިނިއަރިން އަދި މެކޭނިކަލް ސާވިސް ހިމެނޭ ޑިޕާޓްމެންޓެވެ.

ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރަށްވައި ސީޕީ ހަމީދު ކުރެއްވި ޓްވީޓާއި ގުޅިގެން ބައެއް ފަރާތްތަކުން ބުނެފައިވަނީ ފައިރޫޝް މަގާމުން އިސްތިއުފާދެއްވުމުގެ ފަހަތުގައި ވަނީ ފުލުހުންގެ ގާނޫނަށް ގަނައި ބަދަލު ކަމަށެވެ. އަދި ކުރިއަށް އޮތްތާނގާއި މި ގާނޫނުގެ ސަބަބުން މިފަދަ އެތައް ބަދަލެއް ފެނިގެންދާނެ ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ކިނބޫ

02-Jan-2021

ރަނގަޅު ފިޔަވަޅެއް. ނަމަވެެސް ގައުމީވަންތަ ދިވެހި ފުލުހެއްގެ ޚިދުމަތުން މަޙްރޫމުވުމުގެ ހިތާމަ ދިވެހި ގައުމު ކުރާނެ! ޒިންމާ ނަގަންޖެހޭ ބަޔަކުވެސް އުޅޭނެ. އުޅޭ.



ޓްރެންޑިން