އއ. އުކުޅަހުން އިއްޔެ ކޯވިޑް-19 އަށް ފައްސިވި މީހުންނާ ކޮންޓެކްޓްވި އިތުރު ތިން މީހަކު ކަރަންޓީނުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އިއްޔެެެ އެރަށުން ފައްސިވެފައިވާ ދެ ފަތުރުވެެރިންނާ ޑައިރެކްޓު ކޮންޓެެެކްޓު ވެފައިވާތީ ކަރަންޓީނުކޮށްފައިވާ ތިިން މީހުންނަކީވެސް ފަތުރުވެެރިންނެވެ.
އެ ތިން މީހުން ވެސް ނިސްބަތް ވަނީ ބްރެޒިލަށެވެ.
އެނގިފައިވާ ގޮތުގައި އިތު މީހަކާ އެ މީހުން ކޮންޓެކްޓް ވެފައެއް ނުވެއެވެ.
އިއްޔެ އެެރަށުން ފައްސިވެފައި ވަނީ 40 އަހަރުން މަތީ ފިރިހެނަކާ ފަސް އަހަރުގެެ ކުޑަ ކުއްޖެެކެވެ.
އުކުޅަހަކީ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސްގެ ވިޔަފާރީ ކުރަމުން އަންނަ ރަށެކެވެ.
ރާއްޖޭން މިހާތަނަށް ކޯވިޑް-19 އަށް ފައްސިވީ 13,738 މީހުންނެވެ. މީގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 558 މީހުންނަށެވެ. ރާއްޖެއިން ކޯވިޑް-19 ބަލީގައި މިހާތަނަށް ނިޔާވެފައި ވަނީ 47 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު