މެލޭޝިއާ (ރަސް ފޮޓޯ)
މެލޭޝިއާ (ރަސް ފޮޓޯ)
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ވިސާހަމަވުމުގެ ސަބަބުން ރާއްޖެ ނާދެވިފައިތިބި ދިވެހިންނަށް ރާއްޖެ އައުމަށް އިތުރު ހުއްދައެއް ބޭނުން ނުވާނެ ކަަމަށް ދިވެހި އެމްބަސީން ބުނެފިއެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން މިރޭ ނެރެފައިވާ ނޯޓިސްގައި ވަނީ، ކޯވިޑް-19 އާގުޅިގެން މެލޭޝިޔާގެ ސަރުކާރުން ނެރެފައިވާ މޫވްމަންޓް ކޮންޓްރޯލް އޯޑަރ (އެލް.ސީ.އޯ) ގެ ދަށުން ވިސާގެ ކަންކަމުގައި ދީފައިވާ ލުއިތައް 31 ޑިސެމްބަރ 2020 ގެ ނިޔަލަށް ނިމުމަކަށް ގެނެސްފައިވާކަމަށް މެލޭޝިޔާ ސަރުކާރުން އަންގާފައިވާ ކަމަށެވެ. އަދި އެ އެންގުމާ ހަވާލާދީ މެލޭޝިޔާ ސަރުކާރުން އެޤައުމުގައި ގާއިމްކުރެވިފައިވާ ބޭރުގައުމުތަކުގެ ހުރިހާ މިޝަންތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް 1 ޖެނުއަރީ 2021 ގެ ތާރީޚުގެ ނޯޓަކުން އިތުރު އެންގުމެއް އަންގާފައިވާ ކަމަށް އެ ނޯޓުގައި ވެއެވެ.

މެލޭޝިއާގައި ޤާއިމްކޮށްފައިވާ ރާއްޖޭގެ ހައިކޮމިޝަނުން މި ފަދަ ނޯޓެއް ނެރެފައިވާއިރު، މެލޭޝިއާގައި ދިރިއުޅޭ ބައެއް ދިވެހިން ރާއްޖެ އައުމަށް އެއަރޕޯޓަށް ދިއުމުން ރާއްޖެއަށް ނާދެވުނުކަމުގެ ޝަކުވާތަކެއް ވަނީ ފެންމަތިވެފައެވެ. އެފަދަ ބައެއް ޢާއިލާތަކުން ބުނެފައިވަނީ، 14 ދުވަހުގެ ތެރޭގައި މެލޭޝިއާ ދޫކޮށް ދެވޭނެކަމަށް އެޤައުމުގެ ހައިކޮމިޝަނުން ބުނި ނަމަވެސް އެގޮތަށް އެކަން ހިނގާފައި ނުވާކަމަށެވެ.

ހައިކޮމިޝަނުން ބުނެފައިވަނީ، މިރޭގެ ވަގުތެއްގައި ހައިކޮމިޝަނަށް ލިބިފައިވާ ނޯޓުގައިވާ ގޮތުން، އެމް.ސީ.އޯ ނިމޭ ތާރީޚުން ފެށިގެން 14 ވަސައްކަތު ދުވަހުގެ ތެރޭގައި އިތުރު ހުއްދައެއް ނުވަތަ ފާހަކާއި ނުލާ، ވިސާ ހަމަވެފައިވާ ބިދޭސީންނަށް މެލޭޝިޔާ އިން ފުރައިގެން ދެވޭނެކަމަށް މެލޭޝިޔާ ސަރުކާރުން އަންގަވާފައިވާ ކަމަށެވެ.

ނަމަވެސް، މި އެންގުމުގައި ބުނެފައިވާ އެމް.ސީ.އޯ ގެ މުއްދަތު މާނަކޮށްފައިވާ ގޮތާއި މި އެންގުމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް މި ވަގުތު ހައިކޮމިޝަނުން ކުރަމުންދާ ކަމަށް އެ ނޯޓުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން