ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް
ކުށެއް ކޮށްފައި އެކަމުގެ އަދަބުން ސަލާމަތް ވުމަށް ރިޓަޔަރ ކުރުމުން އަދަބުން ރެކެވިގެން ނުވާނެ ކަމަށް ވިދާޅުވެ، ކުރީގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝަށް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

ސިރާޖް ޑރ. ފައިރޫޝަށް މިފަދަ ބަހުގެ ޖަމަލާއެއް ދެއްވާފައި މިވަނީ، 20 އަހަރު ވަންދެން ދިވެހި ފުލުހުންގެ ހިދުމަތުގައި އުޅުއްވުމަށްފަހު އިއްޔެގެ ވަގުތެއްގައި ޑރ. ފައިރޫޝް އަމިއްލަފުޅަށް މަގާމުން އިސްތިއުފާދެއްވައި ރިޓަޔަރވެވަޑައިގަތުމުންނެވެ؛

ފައިރޫޝް ރިޓަޔަރ ކުރެއްވުމުން، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ، ޑރ. ފައިރޫޝް ކޮށްދެއްވި އަގުހުރި މަސައްކަތް ފާހަގަކުރަށްވައި އެކަމަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި އޭނާގެ ޝަރަފުގައި ބޭއްވި ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

މިކަމާއި ގުޅިގެން، މެމްބަރު މޫސާ ސިރާޖް ކުރެއްވި ޓްއީޓެއްގައި ވިދާޅުވީ، ކުށް ކޮށްފައި އިސްތިއުފާ ދީގެން ނުވަތަ ރިޓަޔާ ކޮށްގެން އަދަބުން ރެކެވިގެން ނުވާނެ ކަމަށާއި، ރައްޔިތުން އެދޭފަދަ އިތުބާރުކުރެވޭ ފުލުހުންގެ ހިދުމަތެއް ނުލިބި ލަސްމިވަނީ ފައިރޫޝް ފަދަ ފުލުހުންގެ ސަބަބުން ކަމަށެވެ.



"ކުށް ކޮށްފައި އިސްތިއުފާ ދީ ނުވަތަ ރިޓަޔާ ކޮށްގެން އަދަބުން ރެކެވިގެން ނުވާނެ. ރައްޔިތުން އެދޭފަދަ އިތުބާރުކުރެވޭ ފުލުހުންގެ ހިދުމަތެއް ނުލިބި ލަސްމިވަނީ ފައިރޫޝް ފަދަ ފުލުހުންގެ ސަބަބުން." ސިރާޖްގެ ޓްވީޓްގައި ވެއެވެ.

ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވި ދުވަހު ހިނގާދިޔަ ކަންކަމުގެ ސަބަބުން އެމްޑީޕީގެ މެމްބަރުން އަންނަނީ ޑރ. ފައިރޫޝަށް ބަހުގެ ހަމަލާތައްދީ ފާޑު ކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން