ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް
ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް
"ތެޔޮ ބިޑި" ނުލިބެގެން ވާ މަޖުބޫރުގެ ސަބަބުން އިސްތިއުފާ ދިނުމަކީ "ބަޣާވާތެއް" ނޫންކަމަށް ވިދާޅުވެ، އިސްލާމްދީނުގެ އިލްމުވެރިޔާގެ ޑރ. މުހައްމަދު އިޔާޒު ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރަށްވައި ބަހުގެ ހޫނު ހަމަލާއެއް ދެއްވައިފިއެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ ބަޣާވާތް ކޮށްގެން މަޖުބޫރު ވެގެން ކަމަށް އެމްޑީޕީގެ މެންބަރުން ކުރަމުން ގެންދާ މައްސަލައަށް އިޝާރާތް ކުރަށްވައި ޑރ. އިޔާޒް ވިދާޅުވީ އެމަޖުބޫރު ވުމަކީ "ތެޔޮ ބިޑި" ނުލިބިގެންވީ މަޖުބޫރެއް ކަމަށެވެ.

"ތެޔޮ ބިޑިއެއް ނުލިބިގެން ވާމަޖުބޫރުގެ ސަބަބުން އިސްތިއުފާ ދިނުމަކުން ބަޣާވާތަކަށް ނުވާނެ." ޑރ. އިޔާޒް ވިދާޅުވިއެވެ.



ޑރ. އިޔާޒް ކުރެއްވި ޓްވީޓްގައި ވަނީ 7 ފެބްރުއަރީ 2012 ގައި އޭރުގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެފައިވަނީ ބަޣާވާތަކުން ކަމަށް ވިދާޅުވެ ދައްކަވާ ވާހަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަތަކެއް ކަމަށެވެ. އެދުވަހު ކަން ހިނގައިދިޔަ ގޮތާއި ގުޅޭގޮތުން ހާއްސަ ރިޕޯޓެއް އެކުލަވާލައި ވެރިކަން ބަދަކުވި ގޮތް ވަރަށް ސާފުކޮށް އެގެން އޮތް ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"7 ފެބުރުއަރީ 2012 ގައި ހިނގައިދިޔަ ކަންތައްތައް ބަލައި އެކުލަވާލި ކޯނީ ރިޕޯޓްގައި ވަރަށް ސާފުކޮށް ބުނެފައިވޭ އޭރުގެ ރައީސް މުހައްްމަދު ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަ އިހްތިޔާރުގައި މަޖުބޫރުކަމެއް ނެތި ކަމަށް. ދެން އެޔަށް ބަޣާވާތޭ ކިޔޭނެ ހަމަ އަކީ ކޮބައިތޯ؟" އިޔާޒް ވިދާޅުވިއެވެ.

އިޔާޒް މިފަދައިން ވިދާޅުވެފައި ވަނީ އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމާއި ގުޅިގެން އެމްޑީޕީ ސަޕޯޓަރުންގެ ބަހުގެ ހަމަލާތަކެއް ފައިރޫޝަށް އަމާޒު ކުރަމުން ދާ ދަނޑިވަޅެއްގައެވެ. އެމްޑީޕީގެ މެންބަރުން ތުހުމަތު ކުރާ ގޮތުގައި ފައިރޫޝް މަގާމުން ވަކިވެ ވަޑައިގެންނެވީ އެމައްސަލަތައް ބަލަން އުޅޭތީ ކަމަށެވެ. ޑރ. ފައިރޫޝަކީ އެދުވަހު އަމިއްލައަށް ޕޮލީސް ކޮމިޝަނަރގެ ޒިންމާތަކާ އޭނާ ހަވާލުވެ ވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އެދުވަހު ފުލުހުންނަށް ކޮމާންޑް ކުރަށްވަމުން ގެންދެވި އިސް ބޭފުޅެއްކަން އެމްޑީޕީގެ މެންބަރުން ފާހަގަ ކުރެއެވެ.

ޑރ. ފައިރޫޝްގެ ކުއްލި ގޮތަކަށް އިސްތިއުއުފާ ދެއްވާފައިވާފައި މިވަނީ ފުލުހުންގެ ޚިދުމަތުގެ ގާނޫނު އަލުން އެކުލަވާލާ ފާސްކުރުމާއި ދާދި އެކުއެކީގައި ކަމަށްވާތީ އެމްޑީޕީގެ ގިނަ މެންބަރުން ތުހުމަތު ކޮށްފައިވަނީ ޑރ. ފައިރޫޝްގެ އިސްތިއުފާއާއި މި ގާނޫނާއި ގުޅުން އެބައޮތް ކަމަށެވެ. ގާނޫނުގައި ބުނާގޮތުން ފުލުހުންގެ މަތީ މަގާމުތައް ބަދަލު ކުރުމުގެ ބާރު މިހާރު ވަނީ ސިޔާސީ ފަރާތްތަކަކުން އެކުލަވަލާ ބޯޑަކަށް ދީފައެވެ. މި ގާނޫނަށް އަމަލު ކުރަން ފެށުމުން އެމްޑީޕީން ތުހުމަތު ކުރާ ފުލުހުންގެ ތެރޭގައި ތިބިކަމަށް ބުނާ ބަޣާވާތުގެ ބައިވެރިން މަގާމުން ވަކި ކުރާނެއެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި ކޯނީ އިން މައްސަލަ ތަޙްޤީޤުކޮށް ނިންމީ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ އަމިއްލަފުޅު އިހްތިޔާރުގައި އެއްވެސް މަޖުބޫރުކަމެއް ނެތި ކަމަށެވެ. ނަމަވެސް އެދުވަހު ހިނގާފައިވާ ބައެއް ކަންތައްތަކަށް ރިޢާޔަތްކޮށް ރައީސް ނަޝީދާއި އެމްޑީޕީގެ މެންބަރުން ބުނަނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ބަޣާވާތަކުން މަޖުބޫރު ކޮށްގެން ކަމަށެވެ.

އެމްޑީޕީގެ މެންބަރުން ބުނަމުން ދަނީ އެދުވަހުގެ އެ ހަރަކާތުގައި ބައިވެރިވި ސަލާމަތީ ބާރުތަކުގެ ފަރާތްތަކަށް ގާނޫނުގައިވާ ގޮތަށް އަދަބުދޭން ޖެހޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


10

އައި

10-Jan-2021

އަމިއްލެ އެދުން ހާދަ ބޮޑޭ ދޯ މިހާރު އުޅޭ ސޭހުން ލޮލައް ފެންނަ ގޮއްބަދަލު ވެސް ކުރާ ސޭހުން އުޅެނީ ދޯ😁


6

ޫމިސޮރު😆ތިމިިހުނު ކިޔަަނެ ތިކަހަލަ ތަަކަހޮލި

05-Jan-2021

މިމިިިކަހަލަ ތަނޮދޮރު ނެެޭގެެޭ މިީހުނޮޯ މިިީ


8

ޙަސަން ގާސިމް

05-Jan-2021

ކަޅުބޭގެ ޢަބްދުލް ލަތީފުގެ ދަރިއެއް ވާނީ ހަމަ އަބްދުލް ލަތީފުގެ ދަރިއަކަށް. އުޑުން ކިޔަވައިގެން ޕީއެޗްޑީ ހެދިޔަސް އަސްލަކަށް ބަދަލެއް ނާންނާނެ. އަލަގަހަކުން ކިހިނެއްތޯ ކެޔޮނިރެއް ފަޅާނީ?


12

ބޭރު

05-Jan-2021

24 ގަޑިއިރު ހަމަޙޭގައި ނުހުންނަވާ މީހުންކުރާ ޓްވީތްތަކަށް ދރ.އިޔާޒުފަދަ އިލްމުވެރިން ރައްދުނުދިނުން މާބުއްދިވެރި. ތެޔޮބިޑި ބޯމީހުން ހަމހޭގައި ނުތިބޭނެ. އަދި އެބީޑި ނުލިބެންނާ ސިކުވާނެ.



ޓްރެންޑިން