ސިވިލް ސަރވިސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އޮންލައިން ޕޯޓަލް 'ސީއެސްވިއުގަ' ލޯންޗުކުރުމަށް ބެއްވި ހަފްލާ
ސިވިލް ސަރވިސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އޮންލައިން ޕޯޓަލް 'ސީއެސްވިއުގަ' ލޯންޗުކުރުމަށް ބެއްވި ހަފްލާ
ސިވިލް ސަރވިސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އޮންލައިން ޕޯޓަލް "ސީއެސްވިއުގަ" އިފްތިތާހުކޮށްފިއެވެ.

އިންޓަރނެޓުގެ ޒަރިއްޔާއިން ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށާއި ސިވިލް ސަރވިސްގެ އެންމެހާ އިދާރާތަކަށް ބޭނުންކުރެވޭ ގޮތަށް، ފަރުމާކޮށް ތައާރަފްކުރި މި ޕޯޓަލް އިފްތިތާހު ކޮށްދެއްވާފައިވަނީ އެކަމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަންގައި އާދިއްތަ ދުވަހު ބޭއްވި ރަސްމިޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުންނެވެ.

ސީއެސްވިއުގައަކީ 2011 ވަނަ އަހަރުން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެންމެހައި ކަންކަން ކުރިޔަށް ގެންދިޔުމަށް ބޭނުންކުރެވެމުންދާ ސޮފްޓްވެއަރއެކެވެ.

ނަމަވެސް، މިހާތަނަށް ސީއެސްވިއުގަ ބޭނުން ކުރަމުން އައިސްފައިވަނީ ދައުލަތުގެ ނެޓްވާރކްގެ ތެރެއިން، ހަމައެކަނި އެ ނެޓްވާރކްގެ ޚިދުމަތްލިބޭ ސިވިލް ސަރވިސް އިދާރާތަކުގައެވެ.

އެކަމަކު އާންމުކޮށް ބޭނުންކުރެވޭ ގޮތަށް މިއަދު ސީއެސްވިއުގަ އޮންލައިން ޕޯޓަލް ތައާރަފު ކުރުމުން، އާދިއްތަ ދުވަހުން ފެށިގެން އިންޓަރނެޓްގެ ޚިދުމަތް ލިބޭ ކޮންމެ ތަނެއްގައި ހުރި ދިވެހި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކަށްވެސް ސީއެސްވިއުގަ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެ މުވައްޒަފެއްގެ މަޢުލޫމާތު ބެލޭނެ އެވެ. އަދި އިންޓަރނެޓްގެ ޒަރިއްޔާއިން ސިވިލް ސަރވިސްގެ ހުރިހާ އިދާރާތަކަށް ސީއެސްވިއުގަ އޮންލައިން ބޭނުން ކުރެވޭނެ އެވެ.

ސީއެސްވިއުގަ އޮންލައިންކޮށް ޢާއްމުކޮށް ބޭނުންކުރުމަށް ހުޅުވައިލުމާއެކު، އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު އޮންލައިން ވެގެންދިއުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން