އިއްޔެ ރާއްޖެއިން ބޭރު ކުރަން އުޅެނިކޮށް އަތުލައިގަތް މިޔަރު އުރަހަތައް ބަންދުކޮށްފައި ހުރީ އެންޒީގެ ފޮށިގަނޑު ތަކެއްގައި ކަމަށާއި އެކަމަކު، ޝިޕްމަންޓް ބޭރު ކުރަން ކަސްޓަމްސްއަށް ޑިކްލެއަރކޮށްފައިވަނީ އެންޒީ އިން ނޫން ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ،

ކަސްޓަމްސް އިން ރޭ މެންދަމު ކުރި ޓްވީޓެއްގައި ބުނީ ރާއްޖެއިން އެކްސްޕޯޓް ކުރަން އުޅެނިކޮށް އަތުލައިގަތް މިޔަރު އުރަހަތައް ބަންދުކޮށްފައި ހުރީ އެންޒީގެ ފޮށިގަނޑު ތަކެއްގައި ނަމަވެސް، މިޝިޕްމަންޓް އެކްސްޕޯޓް ކުރަން ކަސްޓަމްސްއަށް ޑިކްލެއަރކޮށްފައި ވަނީ އެންޒީ އިން ނޫން ކަމަށެވެ. މިޔަރު އުރަހަ ޝިޕްމަންޓް އެކްސްޕޯޓް ކުރަން ކަސްޓަމްސްއަށް ޑިކްލެއާ ކޮށްފައި ވަނީ ކޮން ކުންފުންޏަކުން ކަމެއް ކަސްޓަމްސް އިން އަދި ހާމައެއް ނުކުރެއެވެ.

ކަސްޓަމްސް އިން މިޔަރު އުރަހަތަައް އަތުލައިގަތްކަން ހާމަކޮށް ކަސްޓަމްސް އިން ފުރަތަމަ އާއްމުކުރި ފޮޓޯތަކުގައި އެންޒީގެ ލޯގޯ ހުރިނަމަވެސް ފަހުން އެޓްވީޓް ޑިލީޓްކޮށް އާފޮޓޯތަކެއް އާއްމު ކުރުމުން ފާޑުކިޔުން އަމާޒުވެފައި ވެއެވެ.

ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ ތަކެއް އިއްޔެ އަތުލައިގަތީ އޭވިއޭޝަން ސެކިއުރިޓީގެ ކާރގޯ ސްކްރީނިންގ ޔުނިޓުންނެވެ.

އޭވިއޭޝަން ސެކިއުރިޓީން ބުނީ އެ ތަކެތި ބޭރު ކުރަން އުޅުނީ ‏ލޮނުމަހުގެ ތެރޭގައި ފޮރުވައިގެން ކަމަށެވެ. ބޭރު ކުރަން އުޅުނު މިޔަރު އުރަހަތައް މިހާރު ކަމާއި ބެހޭ ފަރާތްތަކާއި ހަވާލުކޮށްފައިވާ ކަމަށްވެސް އޭވިއޭޝަން ސެކިއުރިޓީން ބުނެއެވެ.

ރާއްޖޭގައި މިޔަރު ހިފުމާއި، މިޔަރުގެ އެއްވެސް ބާވަތެއް އެކްސްޕޯޓް ކުރުމަކީ މަނާ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން