ދިވެހިރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރާ އިންޑިއާ މީހަކު އެ ރިސޯޓްގައި މަސައްކަތްކުރާ ދިވެހި، އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ ޚަބަރުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖޭގައި ހިންގާ ޖޭ ޑަބްލިއު މެރިއޮޓް ރިސޯޓުގެ އެފްއެންބީ މެނޭޖަރަކަށް ހުރި އިންޑިއާ މީހަކު އެ ރިސޯޓްގައި މަސައްކަތް ކުރަމުން އައި ދިވެހި އަންހެނަކު ރޭޕް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ 29 ވަނަ ދުވަހުގެ ރޭ ގައި ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
ރޭޕްގެ މައްސަލަ ފެންމަތިވުމުން އެމައްސަލަ ނުބަލައި އިންޑިއާ މީހާ ރާއްޖެއިން ބޭރަށް ފުރުވާލާފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.
އިންޑިއާ މީހަކު ދިވެހި ޒުވާނަކު ރޭޕް ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ވޭތޯ ރޭ ނޫސްވެރިއަކު ސުވާލު ކުރުމުން ފުލުހުން ބުނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނެތް ކަމަށެވެ.
އެހެން ނަމަވެސް މިއަދު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އަޑު ފެތުރިފައިވާ ވާހަތަކާ ގުޅޭ ގޮތުން "ބައެއް މީޑިއާ ގައި އެފަދަ ކަމެއް ރިޕޯޓް ކޮށްފައިވާތީ އެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ ކަންކަން ފުލުހުން ކުރަމުން ގެންދާ" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު