އިސްލާމީ މަރުކަޒި، މާލެ، ދިވެހިރާއްޖެ
އިސްލާމީ މަރުކަޒި، މާލެ، ދިވެހިރާއްޖެ
‏އިސްލާމީ މަރުކަޒު އާބާތުރަނުފިލުވާތީ ފާޑުކިޔަން ފެށުމުން، އެތަނުގެ މަރާމާތުގެ ބައެއް މަސައްކަތްތައް ފަށަން ތައްޔާރުވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމީ މަރުކަޒުގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު މަރާމާތުގެ މަސައްކަތް ޚަލީފާ ފައުންޑޭޝަނާއި، ހަވާލުކޮށްގެން 2019 ވަނަ އަހަރުން ފެށިގެން ކުރަމުންދާ ކަމަށެވެ. އެ ގޮތުން މަރުކަޒުގެ އެތެރޭގެ ބައެއް މަސައްކަތްތައް ނިމިފައިވާ ކަމަށާއި، ބޭރުގެ ބައެއް މަސައްކަތް ކުރަމުންދާއިރު މިސްކިތުގެ ‏ގުއްބާއި، މުންނާރުގެ ބޮޑެތި މަރާމާތުގެ މަސައްކަތްތަކެއް ކުރަން ތައްޔާރުވެފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.



”އަދި މިސްކިތްތައް ބެލެހެއްޓުން 2019 ވަނަ އަހަރު 142-B1/CIR/2019/8 ނަންބަރު ސަރކިއުލާ އިން ބަޖެޓާއި އެކު ކައުންސިލްތަކާއިވަނީ ހަވާލު ކުރެވިފަ.“ އިސްލާމިކް މިނިސްޓްރީގެ ޓްވިޓްގައި ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވާއިރު, ‏އިސްލާމީ މަރުކަޒަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގެ ކުރީކޮޅުން ފެށިގެން ވަރަށް ރީތިކޮށް، ފަރުވާތެރިކަމާއެކު ބަލަހައްޓަމުން އަންނަ ރާއްޖޭގެ މުހިންމު އިސްލާމީ ރަމްޒީ ބިނާއެއްކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވަނީ ވިދާޅުވެފައެވެ. އަދި އެ ތަން ވީރާނާވަމުން އަންނަތަން ފެނުމަކީ ވަރަށް ހިތާމަވެރި ކަމެއްކަމަށާއި, އެ ތަން ރަގަޅަށް ބަލަހައްޓަވައިދެއްވުމަށް ވެސް ވައްޑެ ވަނީ އެދިވަޑައިގެންފައެވެ.

ވައްޑެ އެހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. އަދި އެ ޓްވީޓާއެކު ގިނަ ބައެއްގެ ފާޑުކިޔުން މިނިސްޓްރީއަށާއި ސަރުކާރަށް އަމާޒުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން