ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޙުސައިން
ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޙުސައިން
ފެއިލްވެގެން އިސްތިއުފާދެއްވި ފަރާތްތަކުގެ ޞަފުޙާ މާޒީވެ ގޮސްފައިވާކަމަށް ވިދާޅުވެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޙުސައިން ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ނުސީދާ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޑރ. ފައިރޫޝް ރިޓަޔާކުރެއްވުމުން އެމްޑީޕީގެ މެންބަރުން ފާޑު ވިދާޅުވެފައިވާތީ އެކަމަށް ޢިޝާރަތްކުރައްވައި ޝައިޚް އިލްޔާސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޝަރަފުވެރިކޮށް ރިޓަޔަރކުރުމުން ތަހުނިޔާކިޔުން ގޯސްވެފައި، މަތިވެރި ރައްބަށް ޝިރުކުކުރާ މީހުންގެ އަޅުކަމުގެ ތަހުނިޔާކިޔާ ބަޔަކީ ދީނަށް ވެސް ޤައުމަށް ވެސް ހެވެއް އެދޭ ބައެއްނޫންކަން ރައްޔިތުން ދަންނަކަމަށެވެ.

މީގެ އިތުރުން 7 ފެބްރުއަރީ 2012ގައި ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވި ދެއްވުމަށް ޢިޝާރަތްކުރައްވައި ޝައިޚް އިލްޔާސް ވިދާޅުވީ، ފެއިލްވެގެން އިސްތިއުފާދެއްވި ބޭފުޅުންގެ ޞަފުޙާ މާޒީވެ ގޮސްފައިވާކަމަށެވެ.



ސަރުކާރު ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި ހިމެނޭ އަދާލާތު ޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ޝައިޚް އިލްޔާސް މި މޭރުމުން ޓްވީޓްކުރެއްވި އިރު، އިލްޔާސް ނިސްބަތްވެވަޑައިގަންނަވާ ޢަދާލަތު ޕާޓީގެ ބައެއް ދީނީ ޢިލްމުވެރިންނާއި، އެމްޑީޕީގެ މެންބަރުންނާއި ދެމެދު ބަހުގެ ހަމަލާތައް ދަނީ ބަދަލުކުރެވެމުންނެވެ. މި ގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ޑރ. މުޙައްމަދު އިޔާޒާއި އެމްޑީޕީގެ މަޖިލިސް މެމްބަރުންނާ ދެމެދު ބަދަލުކުރެވެމުންދާ ހޫނު ބަހުގެ ހަމަލާތަކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން