ޒިދާން މުޙައްމަދު   4 ޖެނުއަރީ 2021 - 18:6
ރައީސްގެ ދެކަނބަލުން ފުރާވަޑައިގަތުން
ރައީސްގެ ދެކަނބަލުން ފުރާވަޑައިގަތުން
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ޔުނައިޓެޑް އެރެބް އެމިރެޓްސް (ޔޫއޭއީ)ގެ ދުބާއީއަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރައީސް ދުބާއީއަށް ވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އަދި އަނބުރާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ހޫދު ވިދާޅުވީ މާދަމާ އެވެ.

މީގެ އިތުރުން ހޫދު ވިދާޅުވީ، އެ ދަތުރުފުޅަކީ ރައީސްގެ އަމިއްލަ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މިއީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް ބޯޑަރު ހުޅުވާލި ފަހުން ރައީސް ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ އިތުރު ތަފްސީލެއް މީޑިޔާއަށް ހާމަކޮށްފައި ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން