އެމްއެމްސީގެ ބައްދަލުވުމެއް ކުރިޔަށް ދަނީ
އެމްއެމްސީގެ ބައްދަލުވުމެއް ކުރިޔަށް ދަނީ
ނޫސްވެރިން ތަކަކަށް މަރުގެ އިންޒާރު ދެމުންދާ މައްސަލަ ބަލައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގޮވާލައިފިއެވެ.

މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެެއްގައި ބުނެފައިވަނީ އޮންލައިން ނޫހެއްގައި ޝާއިޢުކޮށްފައިވާ ރިޕޯޓަކާ ގުޅިގެން އެ ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ލިބެމުންދާކަން އެ ނޫހުން ކައުންސިލުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

މި ކަމަކީ އެކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، މީގެ ކުރިންވެސް ދިވެހި ނޫސްވެރިންނަށް ތަފާތު އެކިކަހަލަ އިންޒާރާއި ފުރައްސާރައާ ކުރިމަތިވުމަށްފަހު ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާކަން އެ ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.



މީޑިއާ ކައުންސިލުން ބުނީ، މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެ މަތިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ކޮންމެ ފަރުދަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ކަމަށެވެ. އަދި ގާނޫނު އަސާސީން ލިބިދީފައިވާ އިމުގެތެރެއިން ފާޅުކުރާ ޚިޔާލެއްގެ ސަބަބުން ނޫސްވެރިޔާގެ ޖިސްމަށް ގެއްލުންދީ، ފުރާނައަށް ނުރައްކާކޮށް ބިރުދައްކައި އިންޒާރުދިނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ވަރަށް ނާތަހުޒީބު ފިނޑި ޢަމަލެއް ކަމަށް މީޑިއާ ކައުންސިލުން ބުނެފައި ވެއެވެ.

ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދާ ބަލައިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ސަރުކާރުންނާއި މީޑިއާއާއި އެހެނިހެން ފަރާތްތަކުން ކުރާކަންކަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން ހައްލުކުރުމަކީ ކައުންސިލަށް ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށާއި އެހެންކަމުން މިކަން ހިނގާފައިވާގޮތެއް ބަލައި ތަހުގީގުކޮށް ކަމުގެ ހަގީގަތް ހާމަކޮށްދީ އަޅަންޖެހޭ ފިޔަވަޅެއް އަޅައިދިނުމަށްވެސް ކައުންސިލުން ވަނީ ފުލުހުންނަށް އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން