ދަޢުލަތުގެ މާލީ ވުޒާރާ
ދަޢުލަތުގެ މާލީ ވުޒާރާ
2020 ވަނަ އަހަރުގެ ނިޔަލަށް 17147 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާ ކަމަށް ދަޢުލަތުގެ މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

ދަޢުލަތުގެ މާލީ ވުޒާރާއިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2020 ވަނަ އަހަރުގެ ނިޔަލަށް 17147 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ޖުމްލަ 221.1 މިލިއަން ރުފިޔާވަނީ ދޫކޮށްފައެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޫކުރުމުގެ އުސޫލުގައިވާ ގޮތުން ސަރުކާރުން ދޭން ނިންމާފައިވާ އެލަވަންސް ދޭނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަޒީފާ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ މިފަދައިން ވަޒީފާތަކަށް އަސަރު ކޮށްފައިވާ މީހުން އެ މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރަޖިސްޓްރީވުމަށް އެދިފައެވެ.

މި އެލަވަންސް ލިބޭ މީހުންގެ ތެރޭގައި ކޯވިޑް-19 ގެ ސަބަބުން މުސާރަ ކުޑަ ކޮށްފައިވާ މީހުންނާއި ނޯޕޭ ލީވް ދީފައިވާ މީހުންނާއި ވަޒީފާއިން ވަކި ކޮށްފައިވާ މީހުން ހިމެނެއެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހަކަށް ވުމާއި، އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަކަށް ވުން ހިމެނެއެވެ. އެލަވަންސްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ 5000 ރުފިޔާއެވެ. އަދި މުސާރަ އެންމެ މަދުވެގެން 5000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދަކަށް ރުފިޔާ ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން