ރައީސް ޢަބްދު‎الله ‎‎ޔާމީން ނުހައްގުން ޖަލުގައި ބަހައްޓައިގެން ދެމުންދާ އަނިޔާ ގެ ޒިންމާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނަންގަވަންޖެހޭނެ ކަމަށް މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައިވަނީ ޔާމީން ޖަލުގައި ހުންނަވާތާ 400 ދުވަސްވެފައިވާކަން ފާހަގަކުރަށްވައި ރައީސް ޔާމިންގެ ވަކީލުން ކަންބޮޑުވުން ފާޅުކުރެއްވުމާ ގުޅިގެންނެވެ.

ސައީދު ވިދާޅުވެފައިވަނީ ރައީސް ޔާމީން އާއި އެމަނިކުފާނުގެ އާއިލާއަށް ދެމުންދާ އަނިޔާގެ ޒިންމާ ރައީސް ސޯލިހް ނަންގަވަންޖެހޭނެ ކަމަށެވެ.



"ރައީސް ޔާމީން ޖަލުގައި ބަހައްޓައިގެން އެމަނިކުފާނަށާއި އާއިލާއަށް ދޭ އަނިޔާގެ ޒިންމާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނަންގަވަންޖެހޭ. ސަރުކާރުގެ ސީދާ ނުފޫޒުގެ ބޭނުންކޮށް ގާނޫނު އަސާސީ އިން ކަނޑައަޅާފައި ހައްގުތަކުން ރައީސް ޔާމީން ވަނީ މަހްރޫމް ކޮށްފައި." ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް ދައުވާކުރީ އެމްޑީޕީ އާއި ސަރުކާރުގެ ނާގާބިލްކަން ފޮރުވަން ކަމަށާއި އަދި ސަރުކާރުގެ ލާއިންސާނީ އަނިޔާގައި ރައީސް ޔާމީން ޖަލުގައި 400 ދުވަސް ހޭދަކުރައްވައިފި ކަމަށެވެ.

ޑރ ޖަމީލު ވަނީ ހަސަދަވެރިކަން ހައްދުންނެއްޓި ފައިވާކަން ފާހަގަ ކުރަށްވައި ރައީސް ޔާމީނަށް ދެމުންދާ އަނިޔާ ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރަށްވައިފައެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަށްވަމުން ގެންދަވާ ރައީސް ޔާމިންގެ މައްޗަށް ވަނީ އިތުރު ދައުވާ ތަކެއްވެސް މިހާރު އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


16

ނޭގެ

10-Jan-2021

އެމީހަކު ފޭންސިއިލޮށިގަޑެއްހެރޭނީހަމައެމީހެއްގ އާ



ޓްރެންޑިން