‏އިސްލާމީ ޙަޟާރަތު ކުރިއެރީ ދެ ޖިންސުގެ ޙިއްސާ އޮވެގެން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް މިހެން ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ ރައީސާ ނާއިބް ރައީސްގެ މަގާމަށް އަންހެނުންނަށް ކުރިމަތި ނުލެވޭ ގޮތައް އޮތުމުން އެމައްސަލަ ހޫނުވެ ގިނަ ބައެއްގެ ފާޑުކިޔުން އަދާލަތު ޕާޓީއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިސްލާމިކް މިނިސްޓަރގެ މަގާމުވެސް ފުރުއްވާފައިވާ ޑރ. ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ އުންމަތުގެ ތާރީޚުގެ އެކި މަރުޙަލާތަކަށް ބަލާއިރު ޢިލްމީ، އިޖްތިމާޢީ، އިޤުތިޞާދީ، ޞިއްޙީ، ތަފާތު ދާއިރާތަކުން އަންހެން ކަނބަލުންގެ ޚިދުމަތް ފެނިފައިވާ ކަމަށެވެ.

"‏ޤައުމު ބިނާކުރުމާއި އިސްލާމީ ޙަޟާރަތު ކުރިއެރުވުމުގައި، އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މަގުން، ޢިލްމީ ޤާބިލް ތަޖުރިބާހުރި އަންހެންބޭފުޅުންނަށް އިންސާފުވެރި ފުރުޞަތު އޮތުމަކީ އިސްލާމީ ތަޞައްވުރުގެ ފުރިހަމަކަން ރަމްޒުކޮށްދީ ޢާލަމީ ވަންތަކަން ކަށަވަރުވާނެ ކަމެއް." ޑރ ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ‏ޝަރުޢީ ތަކުލީފުތަކުގައްޔާއި ކުށްކުރުމުން ޢުޤޫބާތް ދިނުމުގައްޔާއި ހެޔޮ ޢަމަލު ކުރުމުން ސަވާބު ދެއްވުމުގައްޔާއި އިސްލާމްދީނުގެ މިފަދަ އަސާސީ މަބާދިއުތަކުގައި ދެ ޖިންސުގެ ދެމެދުގައި ތަފާތުތަކެއް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައި ނުވާ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

އަދާލަތު ޕާޓީގެ އަސާސީ ގަވާއިދުގައި އޮންނަނީ އެޕާޓީގެ ރައީސާއި ނާއިބްރައީސްގެ މަގާމަށް އަންހެނުންނަށް ކުރިމަތި ނުލެވޭ ގޮތަށެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ އަދާލަތު ޕާޓީއަށް އަމާޒުވަމުންނެވެ.

ޑރ. ޝަހީމަކީ އަދާލަތު ޕާޓީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރަށްވާފައިވާ ބޭފުޅެކެވެ. ނަމަވެސް ޑރ. ޝަހީމް ޕީޕީއެމްއާ ގުޅިވަޑައިގެން ރައީސް ޔާމިންގެ ރަނިންމޭޓެއްގެ ގޮތުގައި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ވަނީ ވާދަކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން