ރައީސުލްޖުމްހޫރިއްޔާގެ އަމުރުތަކަށް ކިޔަމަން ނުވެ އެހެން ބައެއްގެ އެންގުމަށް ސަލާމަތީ ބާރުތަކުން އަމަލުކުރުމަކީ ބަޣާވާތް ކުރުން ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ފްރީޑަމް އޮފް ރެލީޖަން އޯރ ބިލީފް ޑރ. އަޙްމަދު ޝަހީދު ވިިދާޅުވެއްޖެއެވެ.



ޑރ ޝަހީދު މިހެން ވިދާޅުވެފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔަރކުރެއްވުމާއި ގުޅިގެން އެމްޑީޕީ ސަޕޯޓަރުންނާއި މެންބަރުން ފައިރޫޝް މަގާމުން ވަކިވެ ވަޑައިގެންނެވީ ހަތެއް ފެބްރުއަރީގެ ހާދިސާއާއި ގުޅޭ މައްސަލަތައް ބަލަން އުޅޭތީ ކަމަށް ތުހުމަތު ކުރެއްވުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ އިސްލާމް ދީނުގެ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒް ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

މިކަމަށް ރައްދު ދެއްވަމުން ޑރ ޝަހީދު ވިދާޅުވެފައިވަނީ ސަލާމަތީ ބާރުތަކުން، ރައީސުލްޖުމްހޫރިއްޔާ އަންގަވާ އަމުރަކަށް ކިޔަމަންނުވެ، އެހެން ބައެއްގެ އަމުރަށް ކިޔަމަންވުމަކީ ބަޣާވާތްކުރަން ފެށުން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އަންގާ އަމުރަކަށް ކިޔަމަންތެރިނުވެ އެހެން ބައެއްގެ އެންގުމަކަށް ސަލާމަތީ ބާރުތަކުން އަމަލު ކުރަން ފެށުމަކީ ބަޣާވާތް ކުރުން. މިއީ ޕޮލިޓިކަލް ސައިންސް ލިޓެރޭޗަރގައި "ބަޣާވާތް" ސިފަކުރާ ގޮތަކީ. 7/2/12 ގައި ސިފައިން/ ޕޮލިސް ގެ އަމަލުތައް މި ދެ ކެޓަގަރީއަށް ސާފުކޮށް ފެތޭ!" ޑރ ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ފައިރޫޝްގެ އިސްތިއުފާއާއި ގުޅިގެން އެމްޑީޕީ މެންބަރުންގެ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވެފައިވަނީ 7 ފެބްރުއަރީ 2012 ގައި އޭރުގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެފައިވަނީ ބަޣާވާތަކުން ކަމަށް ވިދާޅުވެ ދައްކަވާ ވާހަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަތަކެއް ކަމަށެވެ. އެދުވަހު ކަން ހިނގައިދިޔަ ގޮތާއި ގުޅޭގޮތުން ހާއްސަ ރިޕޯޓެއް އެކުލަވާލައި ވެރިކަން ބަދަކުވި ގޮތް ވަރަށް ސާފުކޮށް އެގެން އޮތް ކަން ވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-14

ޙާމް

10-Jan-2021

ޢައިރު ޤާނޫނީ އަމުރު ޜައީސަކު ކުރިޔަސް ނުޖެހޭނެ އެއަމުރަކަށް ތަބާވާކަށް. ޤައުމުގެ އާންމުރައްޔަތުންގެ މެދުގައި ހަމަނުޖެހުން އުފެދޭ ގޮތަށް ރައީސަކު ކުރިއަމަލުގެ ޒިންމާ ނަގަން ޖެހޭނީ ރައީސް.



ޓްރެންޑިން