ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމުން އަތޮޅުތަކުގެ ތަރައްޤީއަށް ހުރަސްއެޅި ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.



ހައިލަމް މިހެން ވިދާޅުވެފައިވަނީ ކޮވިޑް-19އާއި ގުޅިގެން ރާއްޖޭގައި އިޢުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރުމުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބު ކަނޑައެޅިފައިވާ ތާރީޚުގައި ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާތީ އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

ހައިލަމްގެ ވާހަކަތަކަށް ތާއީދު ކުރަށްވައި މާލެ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވީ ‏މިމައްސަލަ އަކީ ސަރުކާރުން އަޑީގައި އޮވެގެން ޝަރީޢަތް މެދުވެރިކޮށް އިންތިޚާބު ފަސްކުރަން ކުޅޭ ކުޅިގަނޑެއްކަމަށް ބުނާތީ އިވޭ ކަމަށާއި މިދަނީ އެކަން ގާތުން ބަލަމުން ކަމަށެވެ.

‎އިންތިޚާބު އަވަސްކުރުމަށް ގޮވާލައި ކޮށްފައިވާ ޓުވީޓެއް ރީޓުވީޓު ކުރައްވަމުން ހައިލަމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

‏"ލާމަރުކަޒީގެ މޭސްތިރިންކަމަށްބުނެ ވެރިކަމަށް އައި ބަޔަކު ކައުންސިލަރުންގެ އަތްފައި ބުރިކޮށް ބާރު ކަނޑުވާލުމަށްފަހު ކައުންސިލްތަކުގެ ދައުރު ދަންމައިލައި، ކައުންސިލްތަކުގެ އިންތިޚާބު ލަސްކުރުމުން އަތޮޅުތެރޭގެ ތަރައްޤީއަށް ގިނަ ހުރަސްތަކާއި ގޮންޖެހުންތައް ދަނީ ކުރިމަތިވަމުން." ހައިލަމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މިދިޔަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު، ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހަށް އިތުރުކުރުމުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އެ މުއްދަތުގައި ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަނީ ސަރުކާރު ފެއިލްވެފައިވާ މިންވަރު ހާމަވާނެތީ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން