މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއެޝަން އައިޝަތު ނަހުލާ
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއެޝަން އައިޝަތު ނަހުލާ
އައްޑޫ ފްލައިންގ ސްކޫލްގެ ދަރިވަރުންނަށް، ފުރައްސާރަކޮށް، ދަރިވަރުންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް އެދި ޖެންޑަރ މިނިސްޓްރީއަށް ޕހުށައަޅާފައިވާކަމަށް، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއެޝަން އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ފްލައިންގ ސްކޫލްގެ މައްސަލަ ބޮޑުވެ، މި މައްސަލައިގައި ޖަވާބުދާރީވުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން އެކަމަނާ ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ، އެ ސްކޫލްގެ މައްސަލަ ބެލުމުގެ ތެރޭގައި، އެ ސްކޫލުން ކިޔަވަމުންދާ ދަރިވަރުންނަށް ސުކޫލްގެ ބައެއް ބޭފުޅުންގެ ފަރާތުން ފުރައްސާރަ ކުރުމުގެ އިތުރުން ދަރިވަރުންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭ މައްސަލަ ފެންމަތިވެފައި ވަނިކޮށް، ދަރިވަރުންގެ ފަރާތުން ވަރަށް ފަހުން އެކަމާއި ގުޅިގެން ސިޓީއެއް ލިބިފައި ވާކަމަށާއި، އެހެން ކަމުން މިހާރު އެ މައްސަލަ ބަލައި ދިނުމަށްއެދި، ޖެންޑަރ މިނިސްޓްރީއަށް ފޮނުވާފައި ވާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، އެކަމަނާ މަގާމާ ހަވާލުވެވަޑައިގެންނެވި އިރުވެސް، އެ ސްކޫލުގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި، 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ހުރި މައްސަލަތަކުގެ އަދަދު ބޮޑުތަނުން ގިނަ ކަމަށެވެ. އަދި އެކަމަނާ މަގާމާ ހަވާލުވުމަށްފަހު އެކަންތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ނަހުލާ ވަނީ ވިދާޅުވެފައެވެ.

އައްޑޫ ފްލައިންގ ސްކޫލްގެ ދަރިވަރުންގެ މެދުގައި ތަފާތުކުރުމުގެ އިތުރުން، ޑޮލަރުން ފީ ނަގާ މައްސަލައާއި އެއްވެސް ސަބަބަކާ ނުލާ ދަރިވަރުން ސްކޫލުން ވަކިކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން