ކޯވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން އީޔޫއާއި ޑަބްލިއު އެޗް އޯއިން ރާއްޖެއަށް އެއް މިލިއަން ޔޫރޯގެ އެހީއެއް ދީފިއެވެ.
އެހީގެ މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމެވެ. ޑަބްލިއުއެޗްއޯގެ ފަރާތުން ސޮއިކުރެއްްވީ އެ ޖަމުޢިއްޔާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރ ޑރ. ސުޝިލް ދޭވް އެވެ.
ހެލްތު މިނިސްޓްރީން ބުނީ މި އެހީ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތަށް ބޭނުންވާ ބޭހާއި، ހުޅުމާލޭ މެޑިކަލް ފެސިލިޓީ އާއި ރީޖަނަލް ކޮވިޑް އައިސީޔޫ ފެސިލިޓީތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ކަމަށެވެ. މީގެ އިތުރުން ރީޖަނަލް އައިސީޔޫއެއް ވެސް މި އެހީގެ ދަށުން ގާއިމުކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި އެހީ އާއި ގުޅިގެން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ކޮވިޑްގެ ކަންކަމުގައި ޑަބްލިއުއެޗްއޯ އިން ވަރަށް ގާތުން އެ މިނިސްޓްރީއާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގައި އަވަށްޓެރި ޤައުމުތަކާއި އެކުވެރި ޖަމާޢަތްތަކުން ފޯރުކޮށްދިން އެހީތެރިކަން ނަސީމް ފާހަގަ ކުރެއްވިއެވެ.
ޑަބްލިއު އެޗް އޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެކްޓިންގ ރެޕްރެޒެންޓޭޓިވް ޑރ. ސުޝިލް ދޭވް ވިދާޅުވީ އީޔޫ އިން ރާއްޖެއަށް ދިން އެހީ އަކީ މިވަގުތަށް މުހިއްމު ބޭނުންތެރި އެހީއެއް ކަމަށެވެ. އަދި މި އެހީއާއެކު ކޭސްތައް އިތުރުވެއްޖެ ހާލަތެއްގައިވެސް ބަލިމީހުންނަށް ފަރުވާދޭނެ އިތުރު އިންތިޒާމުތައް ގާއިމް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ވެސް ޑަބްލިއުއެޗްއޯއިން ބޮޑެތި އެހީތަކެއް ރާއްޖެއަށް ވަމުން އަންނައިރު އަލަށް ސޮއިކުރި އެގްރީމެންޓްގެ ދަށުން އެ ޖަމްޢިއްޔާއިން އެހީތެރިކަން ފޯރުކޮށްދޭނީ ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް އެހީތެރިވުމަށް އެ ޖަމްޢިއްޔާއަށް ފޯރުކޮށްދީފައިވާ އެއް މިލިއަން ޔޫރޯގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު