އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީގެ ނައިބް ރައީސް އަހުމަދު ޝަރީފް { ފޮޓޯ: ދަ ޕްރެސް
އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީގެ ނައިބް ރައީސް އަހުމަދު ޝަރީފް { ފޮޓޯ: ދަ ޕްރެސް
އައްޑޫ ރައްޔިތުން ބޭނުންވަނީ ޕައުންޑް ނޫން ކަމަށާއި އެމީހުން ބޭނުމީ ނަތީޖާ ކަމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީގެ ނައިބް ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، އައްޑޫ ރައްޔިތުންގެ ޖީބުތަކަށް ޑޮލަރުގެ ބަދަލުގައި ޕައުންޑުވެސް ވައްދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

ހަންކެޑަ ކައިރިއަށް ފައްތާލާފައިވާ އިނގިރޭސި ތެޔޮ ޓޭންކަރު "ބްރިޓިޝް ލޯޔަލްޓީ" ގެ ޝިޕްރެކް ފައްތާލިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ބޮޑު އިވެންޓްގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ތަފާތު ގޮތްގޮތަށް ގުނާލެވޭ ބައެއް ކަމަށެވެ. އަދި އައްޑޫގައި ފަތުރުވެރިކަން ފުޅާކޮށް، އެއްވެސް ހުރަހަކާއި ނުލައި ވައިގެ މަގުން ގަން އެއާޕޯޓަށް ފަތުރުވެރިން ޖެއްސުމުގެ މަގު ހުޅުވުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް މިނިސްޓްރީން ކުރަމުން ދާކަމަށް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވިއެވެ.

މި ގޮތުން އާންމު ގޮތެއްގައި "ރައްޔިތު މީހާގެ ޖީބަށް ޑޮލަރު ވެއްދުން" ޝިއާރަކަށް ކިޔައި އުޅުނު ނަމަވެސް "އައްޑޫ މީހާގެ ޖީބަށް ޕައުންޑް ވެއްދުން" ވެސް އަމާޒަށް ހެދި ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އާންމުކޮށް ކިޔާއިރު ކިޔަނީ ރައްޔިތުންގެ ޖީބުތަކަށް ޑޮލަރު ވަންނަ ވާހަކަ. އެހެންނަމަވެސް އައްޑޫ ސިޓީގެ އަޅުގަނޑު ދަންނަވާނީ ރައްޔިތުންގެ ޖީބަށް ޕައުންޑް ވަންނާނެއޭ އިރާދަކުރެއްވިއްޔާ." ޑރ. މައުސޫމް ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދުދެއްވަމުން، ޓުއަރިޒަމް ދާއިރާގައިވެސް މަސައްކަތް ކުރަށްވާފައިވާ ޝަރީފް ވިދާޅުވީ، އައްޑޫ ރައްޔިތުންނަކީ ކޮންމެ ސަރުކާރަކުން ހުވަފެން ދައްކަން ތިބި ބައެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، އައްޑޫ ރައްޔިތުން ބޭނުންވަނީ ޕައުންޑް ނޫން ކަމަށާއި އެމީހުން ބޭނުމީ ނަތީޖާކަމަށެވެ.

ޝަރީފް ވަނީ މިނިސްޓަރު އެ ކުރެއްވީ އެ އަތޮޅު ރައްޔިތުންނަށް މަލާމާތެއްތޯ ވެސް ސުވާލު ކުރައްވާފައެވެ. ސުވާލު ކުރެއްވި ސަބަބެއް ކަމަށް ވިދާޅުވީ، އައްޑުއަށް އިތުކޮށްދޭން ވައުދުވި 8000 އެނދުގެ ތެރެއިން އެންމެ އެނދެއް ވެސް އިތުރު ނުވުމާއި، އައްޑު އަތޮޅުގައި އޮތް އެންމެ ބޮޑު ރިސޯޓް މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައި އޮތުމެވެ.


ކިޔުންތެރިންގެ ހިޔާލު


2

ލައިޓް

10-Jan-2021

ސަރީފުމެން އެބަޖެހޭ ޤައުމީވާން. އައްޑުއަށް ކުރިއެރުން ލިބޭނީ ޤައުމީ ލޮލަކުން ބަލައިގެން.



ޓްރެންޑިން