ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
އަމިއްލަފުޅު ދަތުރުފުޅެއްގައި ރައީސް ޞާލިހް ދުބާއީއަށް ވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާޙިމް ހޫދު ވިދާޅުވީ ރައީސް ޞާލިހް ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ. އަދި މި ދަތުރުފުޅުގައި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވަލީއަހުދު ޝައިހު މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއާ ރައީސް ޞާލިހް ބައްދަލުކުރައްވާފައިވާ ކަމަށްވެސް ހޫދު ވިދާޅުވެއެވެ.
ޔޫއޭއީގެ ވަލީއަހުދާއި ރައީސް ޞާލިހް ބައްދަލުކުރެއްވި ނަމަވެސް، މި ބައްދަލުކުރެއްވުމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ރައީސް ޞާލިހާއެކު މިނިސްޓަރު ޝާހިދުވެސް މިއަދު ރާއްޖެ ވަޑައިގެންނެވިއެވެ.
މިއީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް އަލުން ބޯޑަރު ހުޅުވާލި ފަހުން ރައީސް ޞާލިޙް ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ކިޔުންތެރިންގެ ހިޔާލު