ސަރުކާރުން ދަނީ އިދިކޮޅު ކޯލިޝަންގެ މެމްބަރުންގެ މެދުގައި ބައިބައިވުން އުފެއްދުމަށްޓަކައި ފައިސާ ހުށައަޅަމުން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މާލެއާއި ރ. އަލިފުށި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅާލައި އިދިކޮޅު ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ތެރޭގައި ބައިބައިވުން އުފައްދާ، ކޯލިޝަންގެ ތެރެއަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރުން އެކި ގޮތްގޮތަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ.
މި ގޮތުން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ތެރޭގައި ހިމެނޭ ބޭފުޅުންނަށް ސަރުކާރުން ތަފާތު ހުށައެޅުންތައް ހުށައަޅަމުން ދާކަމަށް އާދަމް ޝަރީފް ވިދާޅުވއިެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ތިބި އެކިއެކި ބޭބޭފުޅުނަށް ވަކިވަކިން ނުފޫޒު ފޯރުވުމަށްޓަކައި ފައިސާވެސް ދަނީ ހުށަހަޅަމުން." އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވަނީ އިދިކޮޅު ކޯލިޝަން ބައިބައި ނުވާނޭ ގޮތަކަށް އެންމެން އެކަތިގަޑަކަށް ވެގެން އެއް އަޒުމެއްގައި މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އަދި ވިދާޅުވީ އެފަދަ ހުށައެޅުންތައް ހުށައަޅާ، އިދިކޮޅަށް ފިއްތުންތައް ކުރިމަތި ކުރުވަނީ ސަރުކާރު ގޮތް ހުސްވުމުން ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ވެރިކަމަށް އައުމަށްޓަކައި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދުމުން މިއަދު ރައްޔިތުން ތިބީ މާޔޫސްވެފައެވެ. އަދި ސަރުކާރަށް ރައްޔިތުން ކުރި ތާއީދު ގެއްލިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަލިފުށީ ޖަލްސާގައި ވެސް ޝަރީފް ވަނީ ސަރުކާރަށް އަދި ހާއްސަކޮށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު