މަޖިލިސް ދޮރުކޮޅަށް މުޑި އެރ ކާރު
މަޖިލިސް ދޮރުކޮޅަށް މުޑި އެރ ކާރު
ރައްޔިތުންގެ މަޖިލިސް އިދާރާގެ ދޮރަށް ޓެކްސީއެއް މުޑިއަރައިފިއެވެ.

މަޖިލިސް ދޮރަށް މުޑިއެރީ އަވަސް ރައިޑްގެ ކާރެއް ކަމަށް މަންޒަރު ދުށް ފަރާތަކުން ބުނެއެވެ.

ފުލުހުން ބުނި ގޮތުގައި، މާލެ ހަކުރާ ގޯޅިން ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލްނުވެގޮސް ރައްޔިތުންގެ މަޖިލިސް އިދާރާގެ ފާރެއްގައި ޖެހި އެކްސިޑެންޑް ވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 12:15 ގައެވެ.

މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާއަށް އަނިޔާވުމާއި ގުޅިގެން އައިޖީއެމް ހޮސްޕިޓަލުން މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް، އިތުރު މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާގައި ކާރުގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ. އެކަމަކު ކާރަށް ލިބުނު ގެއްލުންތަކުގެ ތަފްސީލް އަދި ސާފެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން