އަންނަ އާދިއްތަ ދުވަހު ސްކޫލުތަކުގެ ދެވަނަ ޓާރމްގެ ކިޔެވުން ފެށޭއިރު ބޭބީ ނާސަރީ އަދި ނާސަރީ ގެ ކިޔެވުން ވެސް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެެވެ.
މިނިސްޓްރީން ބުނީ 2021-2020 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް 10 ޖެނުއަރީ ގައި ފަށާނެ ކަމަށާއި އަދި ކިޔެވުން ފަށާއިރު ބޭބީ ނާސަރީ އިން ފެށިގެން ގްރޭޑު 12 އާއި ހަމައަށް ކިޔަވައިދޭނެ ކަމަށެވެ. ދެވަނަ ޓާމްގެ ކިޔެވުން ނިމޭނީ ޖޫން 24 ވަނަ ދުވަހު ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޯވިޑް-19 އާ ގުޅިގެން ހުސްވި އަހަރުގެ މާޗު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ސްކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ސްކޫލްތައް ހުޅުވާލީ ޖުލައި މަހުއެވެ. އެގޮތުން މާލެ ސިޓީގައި ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައި ދީފައިވަނީ ގްރޭޑު ހަތަކުން 12 އަށެވެ.
އަލުން ސްކޫލްތައް ހުޅުވާލައި ކިޔަވައިދޭން ފަށާއިރު އަމަލު ކުރާނީ ނިއު ނޯމަލްގެ އުސޫލުތަކަށް ކަމަށާއި، އެގޮތުން ސިންގަލް ސެޝަން އަށް، ހަފްތާއަކު ފަސް ދުވަހު ކުދިން ސްކޫލަށް ދާން ޖެހޭ ސްކޫލުތަކާއި، ހަފްތާ އަކު ފަސް ދުވަހު ދެ ސެޝަަނަށް ކިޔަވައިދޭ ސްކޫލުތަކާއި، ކުދިންގެ ނިސްބަތުން ކޮންމެ ދުވަހަކު ސްކޫލަށް ގޮސް ކިޔަވައިދޭނެ ޖާގަ ނެތްނަމަ ދެދުވަހުން އެއް ދުވަހު ކުދިން ސްކޫލަށް ގޮސްގެން ކިޔަވައިދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މުޤައްރަރު ކަވަރު ނުވާ ސްކޫލްތަކަށް އޮންލައިން ސެޝަންތައް ބާއްވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން މިދިއަ އަހަރުގެ މާޗު މަހުން ފެށިގެން މާލޭ ސަރަހައްދުގެ ސްކޫލްތައް ބަންދުކުރި އެވެ. އޭގެ ފަހުން ކިޔަވައިދިނީ އޮންލައިންކޮށާއި ޓީވީ މެދުވެރިކޮށެވެ. ނަމަވެސް ޖުލައި މަހު މާލޭގެ ސްކޫލްތަކުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައި ދިނެވެ.
ނަމަވެސް އަނެއްކާވެސް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ގިނަވާން ފެށުމުން، ސްކޫލްތައް ބަންދުކުރިއެވެ. ދެން ގްރޭޑް އަށަކުން މަތީގެ ކުދިން ސްކޫލަށް ގެންދަން ފެށީ އޮކްޓޯބަރު 19 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު