ބިދޭސީންތަކެއް ގަލޮޅު ދަނޑުގައި
ބިދޭސީންތަކެއް ގަލޮޅު ދަނޑުގައި
މަސައްކަތް ކުރުވަން އަދި އެނޫންވެސް ބޭނުންތަކަށް ބިދޭސީން ގެނައުމަށް ސައްހަ ނޫން ލިޔުންތައް ހުށަހަޅާ މައްސަލަ ބޮޑުވެ އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރާއްޖެއަށް ބިދޭސީން ގެނައުމަށް އިކޮނަމިކް މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހެެޅުމުގައި ބައެއް ފަރާތްތަކުން ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ލިޔުންތައް ހުށަހަޅަން ޖެެހޭ އިރު މިކަމުގެ މަގުސަދު ގެއްލޭ ގޮތަށް މިފަދަ ލިޔުންތައް ހުށަހަޅާ މައްސަލަ ބޮޑުވެފައިވާކަމަށެވެ.

މިނިސްޓްރީން ބުނީ. މަސައްކަތް ކުރުމަށް ބިދޭސީން ގެނައުމަށް އެ މިނިސްޓްރީން ދެމުންގެންދާ ޚިދުމަތްތަކާއި ގުޅިގެން ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި، ކޯޓުގައި ރަޖިސްޓްރީކޮށް ނުވަތަ ނޮޓަރައިޒް ކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކެއް ހިމެނޭ ކަަމަށެވެ.

އެފަދަ ލިޔުން ހުށަހެޅުމުގައި، ނޮޓަރައިޒް ކުރުމުގެ ބޭނުމާއި މަޤްޞަދު ގެއްލޭގޮތަށް ހުންނަ ލިޔެކިޔުން ނޮޓަރައިޒްކޮށް، ބައެއް ފަރާތްތަކުން ހުށަހަޅަމުން އެބަ ގެންދާ ކަމަށާއި، އަދި މަޢުލޫމާތު ފުރިހަމަނުކޮށް ހުންނަ ލިޔުން، ނޮޓަރައިޒް ކޮށްފަ ހުންނަކަން ފާހަގަ ކުރެވޭ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

އެހެންކަމުން، އެފަދަ ލިޔުން ހުށަހަޅާ ފަރާތްތަކާމެދު ޤަވާޢިދުން ފިޔަވަޅު އެޅުމާއެކު، އެފަދަ ލިޔުން ނޮޓަރައިޒް ކޮށްދޭ ފަރާތްތަކުން ނޮޓަރައިޒް ކޮށްދީފައި ހުންނަ ލިޔުން، އެ މިނިސްޓްރީން އިތުރަށް ބަލައިނުގަންނާނެ ކަމަށް ބުނެ އިކޮނަމިކް މިނިސްޓްރީން ވަނީ އިންޒާރުދީފައެވެ.

"އަދި ސައްހަނޫން މައުލޫމާތު ހިމެނޭ ލިޔުމާއި، މައުލޫމާތު ފުރިހަމަ ނުވެ އޮއްވާ ނޮޓަރައިޒް ކޮށްފައިހުންނަ ލިޔެކިޔުން، އަދި ނޮޓަރައިޒް ކުރުމަށްފަހު ބަދަލު ގެނެސްފައި ހުންނަ ލިޔުން، މި މިނިސްޓްރީއަށް ބަލައި ނުގަންނާނެ ކަމުގައިވެސް ދެންނެވީމެވެ." އެ މިނިސްޓްރީން ކުރި އިއުލާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން